logoEN
cocacola
ރައީސް ނަޝީދު, އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރައްވައިފި

ރައީސް ނަޝީދު, އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރައްވައިފި

އައިޝަތު އިފާޝާ

logo

3/28/2024, 4:42:51 PM

# މުހައްމަދު ނަޝީދު

ރައީސް ނަޝީދު, ރަސްގެފާނު ޗާލްސް ތިންވަނަ އާއި ބައްދަލުކުރައްވައި ސަލާމް ކުރައްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްް ތިންވަނަ އާއި ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރައްވާ ފޮޓޯތަކެއް އެކްސްގައި ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ, އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ބަކިންގްހަމް ޕެލަސްގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ސިޔާސީ ހަރަކާތްތަކާ ދުރުވެވަޑައިގެންކަން އިޢުލާނުކުރެއްވުމަށްފަހު މިހާރު ރައީސް ނަޝީދަކީ ތިމާވެށްޓާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއްކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް ސީވީއެފްގެ ސެކެޓްރީ ޖެނެރަލެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، ކިންގް ޗާލްސްއާއި ސީވީއެފްއިން ތިމާވެށްޓަށް ގުޅޭ ކަންކަމުގައި އެއްގޮތް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ޤަބޫލުފުޅުކުރައްވާ ކަމަށެވެ.

އެގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުން ތިމާވެށްޓާއި ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އަމިއްލަ ކުންފުނިތަކަށް މާލީ އެހީތެރިކަންދޭންޖެހޭކަން ދެ ފަރާތުންވެސް ޤަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ