![ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް, މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު - ރައީސް ސޯލިހު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2FGK0n58xbIAAsW19.jpg&w=3840&q=75)
ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް, މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު - ރައީސް ސޯލިހު
# އެމްޑީޕީ# އިބްރާހިމް މުޙައްމަދު ސޯލިހުކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު - ފޮޓޯ: އެމްޑީޕީ
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ރަނގަޅު ބަޔަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި, މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ރައީސް ސޯލިހު މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބަށް އެޕާޓީން ކުރަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ފުވަމުލަކު ސިޓީގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު ކަމަށެވެ.
އެގޮތުން ބަޖެޓުގައި ހިމަނާކަންކަން ނުކުރާނަމަ އެކަމަށް މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭކަމަށާއި އެކަމަށް އެންމެ ރަނގަޅުވާނީ އެމްޑީޕީ މެންބަރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އޭގެ އިތުރުން އެޕާޓީގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެއިތުރުން ފުވަމުލަކު ސިޓީގައި ބޭއްވި މި ޖަލްސާގައި ރައީސް ސޯލިހު ވަނީ މިއަދުގެ ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ފުވައްމުލަކު އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް އެމްޑީޕީގެ މެންބަރުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.
މިވަގުތު ކެމްޕެއިނަށް އެމްޑީޕީ ލީޑާޝިޕް އަދި ރައީސް ސޯލިހު ދަނީ އައްޑޫ އަދި ފުވައްމުލަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މިގޮތުން އެމްޑީޕީން ވަނީ ފުވައްމުލަކު ސިޓީގައި ދެ ހަރަކާތެއް މިރޭ ކުރިއަށް ގެންގޮސްފައެވެ.
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހު އިދިކޮޅުން މަޖިލީސް ދޮށަށް އެއްވަނީ
![އެމްޑީޕީން ބާއްވާ "ފުދިއްޖެ, ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Fbig_EGaCEkuc9waNesWsOeBc6O7pw.jpg&w=3840&q=75)
އެމްޑީޕީން ބާއްވާ "ފުދިއްޖެ, ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ
![އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FGhUdNHAasAAbu1O.jpeg&w=3840&q=75)
އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލަ ބަލަނީ
![ވަގު ފޯމެއް މެދުވެރިކޮށް މެމްބަރު ޒިޔާދުވެސް ޕީއެންސީއަށް ވައްދައިފި: މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F01J60QBCAG3F3XXAHG9A2PG3BJ.jpg&w=3840&q=75)