
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ ފޮނުއްވައިފި
# ޑރ. މުހައްމަދު މުއިއްޒު# އިބްރާހިމް މުޙައްމަދު ސޯލިހު-
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު މިއަދު ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިޒް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މޫމިނާ ހަސަންފުޅުގެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.
ރައީސް ޞާލިހުގެ މަންމާފުޅު ނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރާ ކަމަށެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ޕޯސްޓުގައި، މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅަށް ލެހެއްޓެވުމަށް އެދި ވަނީ ދުއާކޮށްފައެވެ.
ގުޅުންހުރި

ޙައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ: ވަޒީރު

މިއަހަރުގެ ފިތުރު އީދުގައިވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ!

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް




