
nellaidhoo
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި، މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ތަރައްގީ ކުރުމާއި، 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 20.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.






