logoEN
WAMCO TOP 1
މާލެ ޓެކްސީ ލައިންގެ ޚާއްސަ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން ލިބޭނެ!

މާލެ ޓެކްސީ ލައިންގެ ޚާއްސަ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުން ލިބޭނެ!

އަހުމަދު ޝުރާއު

logo

6/2/2026, 10:27:00 AM

# އެމްޓީސީސީ

-

ގްރޭޓަރ މާލޭ ސަރަހައްދުގައި ދަތުރުފަތުރުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، "މާލެ ޓެކްސީ ލައިން" (އެމްޓީއެލް) ގެ ރަސްމީ މޮބައިލް އެޕްލިކޭޝަން އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕް ސްޓޯރަށް މިއަދު ނެރެފިއެވެ.

THE TRAVELLER AD

މި ހިދުމަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް، ވަރަށް ފަސޭހައިން، ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް (އީވީ) ޓެކްސީތައް ބުކްކޮށްލެވޭނެ ކަމަށެވެ.

އެގޮތުން އައިފޯން ގެންގުޅުއްވާ ފަރާތްތަކަށް ކިއުއާރް ކޯޑު ސްކޭންކޮށްގެން ނުވަތަ ލިންކަށް ޒިޔާރަތްކޮށްގެން އެޕްލިކޭޝަން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

އެންޑްރޮއިޑް ފޯނު ގެންގުޅުއްވާ ފަރާތްތަކަށް ޚާއްޞަ ގޫގުލް ޕްލޭ ސްޓޯރގެ ވާޝަންވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެމްޓީއެލްއިން ބުނެއެވެ. ނަމަވެސް އެޕް ޕްލޭ ސްޓޯރަށް ލިބެންދެން، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެމްޓީއެލްގެ ވެބްއެޕް މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ދަތުރުތައް ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިލެކްޓްރިކް ކާރުތައް ބޭނުންކޮށްގެން ޓެކްސީގެ ޚިދުމަތް ސަރުކާރުން ފެށީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެވެ.

ކޮމެންޓް
ފަހުގެ
HDC