logoEN
WAMCO TOP 1
ބޮޑުތަކުރުފާނު މަގުގައި 580 ޖާގައިގެ ޕާކިންއެއް ހަދަނީ

ބޮޑުތަކުރުފާނު މަގުގައި 580 ޖާގައިގެ ޕާކިންއެއް ހަދަނީ

# ބޮޑުތަކުރުފާނު މަގު މަޝްރޫއު# އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު

ބޮޑުތަކުރުފާނު މަގުގެ 4 ވަނަ ސެގްމެންޓްގައި 580 ޖާގައިގެ ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

THE TRAVELLER AD

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮޖެކްޓް މެނޭޖަރު ޝަރުވަޒް ޢަބްދުﷲ ވިދާޅުވީ މި މަގުގެ ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގް ތަރައްގީ ކުރަމުންދާ ކަމަށެވެ.

“ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސްލޮޓްގެ ޕާކިންގްއެއް، އެއީ 1400 އަކަފޫޓުގެ ސަރަހައްދެއްގައި ޕާކިންގް ހަދަނީ “ ޝަރުވަޒް ވިދާޅުވި އެވެ.

ޝަރުވަޒް ވިދާޅުވީ މަގުގެ ޖާގަ ބޮޑުކޮށް އާންމުންނަށް ފަސޭހަވާނެހެން މަގު ތަރައްގީކުރަމުންދާއިރު މަގުފެހިކުރުމަށްވެސް ހާއްސަ އިސްކަމެއްދޭ ކަމަށެވެ. އަދި މަގުގެ ކުރިން ނިމުނު ސެގްމަންޓުތައް ހެދުމުގައި ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު މިހާރު ނަގާ ގަސްތައް އަލުން ޖެހުމަށް އިސްކަންދީ، މިހާރު ނަސަންދުރާ ކުރިމަތީގަ އާއި އެފްއެސްއެމް އޮފީސް ހުރި ސަރަހައްދުގައި އަލުން އިންދާފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ނިމުމަކާ ގާތް ވެފައިވާއިރު، މަސައްކތް ނިންމާ ޖޫން މަހުގައި މަގު އެެއްކޮށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC