logoEN
WAMCO TOP 1
ތިލަފުށި ބަނދަރުގެ ކީވޯލްއާއި ޕޭވިންގ މަސައްކަތް 154 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް!

ތިލަފުށި ބަނދަރުގެ ކީވޯލްއާއި ޕޭވިންގ މަސައްކަތް 154 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

6/1/2026, 4:34:47 PM

# އެމްޓީސީސީ

-

ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ 100 މީޓަރުގެ ކީވޯލް ނުވަތަ މަގަތު ފާލަމާއި އެ ސަރަހައްދުގެ ޕޭވިންގ މަސައްކަތްތައް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.

ޖުމްލަ 154 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކީވޯލް ތަރައްޤީކުރުމަށް އެކަނިވެސް 18 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރި 100 މީޓަރުގެ މަގަތު ފާލަމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިންގ މަސައްކަތަކީ ތިލަފުށީގައި ތަރައްޤީކުރާ ޕޯޓުގެ ކްލިއަރަންސް އޮޕަރޭޝަންތަކަށް މިވަގުތު ތަރައްޤީކުރާ ސަރަޙައްދެކެވެ. ނަމަވެސް ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ދެން ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައިކަމަށް އެމްޕީއެލުން މަޢުލޫމާތުދެއެވެ. ޖުމްލަ 120 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫޢުގެ ސަބަބުން ބަނދަރުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

މި ސަރަހައްދު ކްލިއަރަންސް އޮޕަރޭޝަންސްތަކަށް ބޭނުންކުރަން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ޚިދުމަތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެކިކަހަލަ ގޮންޖެހުންތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް އެމްޕީއެލުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC