logoEN
cocacola
ނޭޓޯއިން ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލައިފިނަމަ މުޅި ދުނިޔެއަށް ނުރައްކާވާނެ - ޕޫޓިން

ނޭޓޯއިން ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލައިފިނަމަ މުޅި ދުނިޔެއަށް ނުރައްކާވާނެ - ޕޫޓިން

މަރިޔަމް ޝާލިނީ

logo

10/15/2022, 4:45:28 PM

# ރަޝިއާ - ޔޫކްރޭން# ރަޝިއާ# އެކެރިކާ - ރަޝިއާ

39dd38c2-5608-490b-bb37-eee3f55bf335

ރަޝިޔާގެ އަސްކަރިއްޔާއާ ނޭޓޯގެ ސިފައިން ސީދާ ކުރިމަތިލުމެއް ހިނގައިފިނަމަ އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ރަޝިއާގެ އަސްކަރިއްޔާއާ (ނޭޓޯ) ސިފައިން ސީދާ ކުރިމަތިލުމަކީ ވަރަށް ނުރައްކާތެރި ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ. "އުންމީދު ކުރަން މިވާހަކަ ދައްކާ މީހުންނަކީ އެފަދަ ފިޔަވަޅެއް ނޭޅޭވަރުގެ ސްމާޓް ބައެއް ކަމަށް." ޕޫޓިން ވިދާޅުވިއެވެ.

ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް މިދިޔަ މަހު ހިފުމަށް ފަހު ރަޝިއާގެ ސަރަހައްދު ދިފާއުކުރުމަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރައްވާނެ ކަމުގެ އިންޒާރު ޕޫޓިން މީގެ ކުރިން ވަނީ ދެއްވާފައެވެ. އދ. އިން ވަނީ އެކަން ކުށްވެރިވެސް ކޮށްފައެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭނުގައި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފިނަމަ އޭގެ ސަބަބުން ރަޝިއާއަށް ކުރިމަތިވާނެ ކަންކަން ބޮޑުވާނެ ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބުރާސްފަތި ދުވަހު ދެއްވި ތަގުރީރުގައި ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެދާނެ ކަމުގެ އިންޒާރު ދެއްވައި، އެ ހަނގުރާމައިގެ ސަބަބުން ނިއުކްލިއާ ހަނހގުރާމައަކަށް ފުރުސަތު ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ