
dasdw
ބީބީސީގެ ޕްރެޒެންޓަރު ޖޯޖް އަލަގިއާ އޭނާގެ ހަށިގަނޑަށް ކެންސަރު އިތުރަށް ފެތުރިފައިވާކަން އެނގުމުން ޓީވީން ބްރޭކެއް ނަގާނެ ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

އޭނާ އެންމެ ފުރަތަމަ ސްޓޭޖް 4 ގޮހޮރުގެ ކެންސަރު ޖެހިފައިވާކަން އެނގުނީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު އޭނާވަނީ ޓީވީ ޕްރެޒެންޓިންއާ ދުރުވެ ބޮޑު ބްރޭކެއް ނަގާފައެވެ.
ބްރޭކަށް ފަހު އުމުރުން 66 އަހަރުގެ ނޫސްވެރިޔާ ބީބީސީގެ ނިއުސް އަށް އެނބުރި އައީ މިއަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.
ޖޯޖް މިފަހަރު ޕްރެސެންޓިންއާ ދުރަށް ޖެހެން މަޖުބޫރުވީ ކެންސަރު އިތުރަށް ފެތުރިފައިވާކަން ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ކަމަށް އޭނާގެ އޭޖެންޓް ވަނީ ބުނެފައި އެވެ.
އަލަގިއާ ވަނީ 2014 ވަނަ އަހަރުފަރުވާ ކުރުމަށް ކީމޯތެރަޕީގެ 17 ބުރު ފުރިހަމަކޮށްފައެވެ.
އަލަގިއާ ވަނީ ބީ.ބީ.ސީ.ގެ ނިއުސް ފޮރިން ކަރެސްޕޮންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، އެފްރިކާއާއި ތަރައްޤީވަމުން އަންނަ ދުނިޔެއާ ބެހޭ ޚާއްޞަ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.