
--
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ބަންޑާރަނައިބު ދެއްވައިފިއެވެ.

ބަންޑާރަނައިބު އުޝާމް މި ޔަޤީންކަން ދެއްވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މިއަދު ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި، ބަންޑާރަނައިބު އުޝާމް ވަނީ މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ބިލާ ގުޅޭ ގޮތުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމުޢިއްޔާތަކުގެ ހުރި ޝަކުވާތައް އަޑުއައްސަވާފައެވެ. ބަންޑާރަނައިބު އުޝާމް ވަނީ، ނޫސްވެރިކަމާއި ނޫސްވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ސަރުކާރުން ތާއީދު ނުކުރާކަން ހާމަކޮށްފައިވާތީ އެކަމަށް މަރުޙަބާ ކިޔައިފައެވެ.
ގުޅުންހުރި

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ- މިނިސްޓަރު ޝަހީމް

ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓުކުރަން ބިލެއް ހުށަހަޅާކަށް ނޫޅޭ - ހީނާ




