%20(1).webp&w=3840&q=75)
ނޫސްވެރިޔާ ލައިޝާއަށް ޓިކްޓޮކްގައި ފުރައްސާރަކުރަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް# ނޫސްވެރިކަން--
ނޫސްވެރިއަކު ލިޔުނު ހަބަރަކާއި ގުޅިގެން ޓިކްޓޮކްގައި ދެ ފިރިހެނަކު ފުރައްސާރަކުރަމުންދާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ޓިކްޓޮކްގައި ފުރައްސާކުރަމުންދަނީ ރާއްޖެޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށެވެ. އެގޮތުން ލައިޝާއަށް ފުރައްސާރަކުރަމުންދަނީ ޅ ނައިފަރަށް ނިސްބަތްވާ ދެ ފިރިހެނަކު ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ބަލަން ފެށީ ފުރައްސާކުރަމުންދާ މީހުންގެ ތެރެއިން އެކަކު ޖިންސު އޮޅޭގޮތަށް ހެދުން އަޅައިގެން، އަންހެނެއްގެ ބަސްމަގުގައި ޓިކްޓޮކް ލައިވްތަކެއް ހިންގަމުންދާ މައްސަލައާއި ގުޅިގެން ލައިޝާ ގެނެސްދިން ހަބަރަކާއި ގުޅިގެން ލައިޝާއަށާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް އަވުގުރާނަ ގޮވައި, ލައިޝާގެ އަބުރު ކަތިލުމަށް މަސައްކަތް ކުރުމުން އެމައްސަލަ ލައިޝާ އަމިއްލައަށް ފުލުހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން މި މައްސަލަދަނީ ބަލަމުން ކަމަށާއި މައްސަލަ ހުށަހެޅިފަރާތުގެ ބަޔާން ނެގި ލިބިފައިވާ މަޢުލޫމާތާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.
ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު މިއަދުގެ މެންދުރުން ފެށިގެން ޓިކްޓޮކްގައި ނައިފަރަށް ނިސްބަތްވާ ދެ ޒުވާނުން އަނެއްކާވެސް އަންނަނީ ލައިޝާއަށް ފުރައްސާރަކުރަމުންނެވެ.
ގުޅުންހުރި

ބަނގުރަލާައި އެކު ރާޖަގޯޕާލުއާއި ތަލަޕަތީ ފުލުހުންގެ ހައްޔަރަށް!

އެކްޓިންގ ސީޕީ ނަވީން ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފި

ފުލުހުންގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް!
