logoEN
cocacola
ކްރިމިއާ ބްރިޖް ގޮއްވާލި މައްސަލާގައި 8 މީހަކު ހައްޔަރުކޮށްފި

ކްރިމިއާ ބްރިޖް ގޮއްވާލި މައްސަލާގައި 8 މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝާލިނީ

logo

10/12/2022, 6:25:07 PM

# ރަޝިއާ - ޔޫކްރޭން

_127060966_hi079377145

ޔޫރަޕްގެ އެންމެ ބޮޑު ބްރިޖްގެ ގޮތުގައި ފާހަގަކުރެވޭ ކްރިމިއާ ބްރިޖް ގޮއްވާލި ހާދިސާއާ ގުޅިގެން 8 މީހަކު ރަޝިޔާއިން ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ރަޝިއާގެ އެފްއެސްބީގެ ސެކިއުރިޓީ ސާވިސް އިން ބުނީ ހިފެހެއްޓި މީހުންގެ ތެރެއިން ފަސް މީހުންނަކީ ރަޝިއާ މީހުން ކަމަށާއި އަނެއް ފަސް މީހުންނަކީ ޔޫކްރެއިން އާއި އަރްމީނިއާ މީހުން ކަމަށެވެ.

ރަޝިއާގެ ތުހުމަތުކޮށްފައިވާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރޭނެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ އޮފިޝަލަކު ވަނީ ރަޝިއާގެ ތަހުގީގު "ބޭކާރު" ކަމެއްގެ ގޮތުގައި ސިފަކޮށް އެއީ ސާބިތު ނުހިފޭ ތުހުމަތެއް ކަމަށް ބުނެފައެވެ.

މި ޚަބަރު ފެންމަތިވެފައިވާއިރު ޔޫކްރޭނުގެ ޑޮނެޓްސްކްގެ އިރުމަތީ އަވަށެއް ކަމަށްވާ އަވްދިވްކާގެ މާރުކޭޓަކަށް ރަޝިއާއިން ދިން ހަމަލާއެއްގައި މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޮނޭޓްސްކްގެ ސަރަހައްދީ އަސްކަރިއްޔާގެ ވެރިޔާ ޕަވްލޯ ކްރިލެންކޯ ވިދާޅުވީ، ޔޫކްރެއިންގެ ބާރުގެ ދަށުގައިވާ ޓައުނުގައި ދިން ހަމަލާ ހިނގާފައިވަނީ ވަރަށް ކާރޫބާރޫ ބޮޑު ދަނޑިވަޅެއްގައި ކަމަށާއި، އިތުރު 8 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އޭނާ ވަނީ ރަޝިޔާއިން ހިފާފައިވާ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަރަހައްދުން ބޭލުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ