
އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ދިންކަން ކަށަވަރުވުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
# ރަޝިއާ - ޔޫކްރޭން--
ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ އަނެއްކާވެސް ހޫނުވެފައިވާ ދަނޑިވަޅެއްގައި އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ވިއްކާފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

މިކަން އެމެރިކާއިން އިއުލާނުކުރީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކިން ލަންޑަނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީއާ އެކު ދެއްވި ޖޮއިންޓް ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ބްލިންކިން ވިދާޅުވީ ރަޝިޔާގެ ލީޑަރު ޕޫޓިން ގެންދަވަނީ އީރާނާއި އުތުރު ކޮރެއާގެ އެހީއަށް ބަރޯސާވަމުން ކަމަށެވެ. އަދި މީގެ ތެރެއިން ދާދި ފަހުން އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ވިއްކާފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި މި މިސައިލްތައް ޔޫކްރެއިންއާއި ދެކޮޅަށް ބޭނުންކުރަމަށް ރަޝިޔާއިން ތައްޔާރުވެފައިވާ ކަމަށްވެސް ބްލިންކިން ވިދާޅުވިއެވެ.
މިއީ ޔޫރަޕުގެ ސަލާމަތީ ކަންކަމަށް ހުރި ބިރެއް ކަމަށް ވިދާޅުވީ ބްލިންކެން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ. އަދި މި ވަގުތަކީ ޔޫކްރެއިނަށް ހައްސާސް ދަނޑިވަޅެއްގައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއަށް އޮތް އެންމެ ބޮޑު ބިރަކީ ރަޝިޔާކަމަށް ބޭރުގެ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން ރަޝިޔާގެ ބާރު ކަނޑުވާލުމަށް އެމެރިކާއިން ދަނީ ޔޫކްރެއިނަށް އެތަކެއް އެހީތަކެއް ދެމުންނެވެ.
ގުޅުންހުރި

ރަޝިޔާ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އަވަހާރަކޮށްލައިފި: ޒިންމާ ނެގީ ޔޫކްރެއިނުން!

އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލްތަކެއް ދިންކަން ކަށަވަރުވުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

ޔޫކްރެއިންގެ އެއާ ފޯސް އިސްވެރިޔާ މަގާމުން ދުރުކޮށްފި
