logoEN
cocacola
ރަޝިއާގެ ކުރުސްކް ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ރަޝިއާގެ ކުރުސްކް ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އަހުމަދު ޝުރާއު

logo

8/8/2024, 8:52:51 AM

# ރަޝިއާ - ޔޫކްރޭން

--

ޔޫކްރެއިން ސިފައިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކާއި ގުޅިގެން ރަޝިއާގެ ކުރުސްކް ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ގޮސިޔާ

ކުރުސްކްގެ ވަގުތީ ރީޖަނަލް ގަވަރުނަރު އެލެކްސީ ސްމިރްނޯވް ވިދާޅުވީ މިއީ "ދުޝްމަނުންގެ ބާރުތައް އެ ސަރަހައްދަށް އައުމުގެ ނަތީޖާ ނައްތާލުމަށް" އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވީ ޔޫކްރެއިނުން ކުރުސްކްއަށް ހަމަލާ ދޭން ފެށި ފަހުން އާންމުންގެ ފަސް މީހަކު މަރުވެ 31 މީހުން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަ މީހުންނަކީ ކުޑަކުދިން ކަމަށެވެ.

ޔޫކްރެއިންއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ހަމަލާ ދިން މިންވަރު އަދި ވެސް ސާފެއް ނުވެ އެވެ.

މޮސްކޯއިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު ޔޫކްރެއިންގެ 1،000 ސިފައިންގެ އިތުރުން 11 ޓޭންކާއި 20 އަށް ވުރެ ގިނަ އާމާޑް ކޮމްބެޓް ވެހިކަލް ރަޝިއާއަށް އެތެރެވެފައިވަނީ ސުދްޒާ އަވަށު ކައިރިން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންގާރަ ދުވަހު ވެސް ބައެއް އަވަށްތަކުގައި ކުރިމަތިލުންތައް ހިނގި އިރު، އާންމުންގެ ހަރަކާތްތައް ލިމިޓްކޮށް އާންމު ކޮށް ބާއްވާ ހުރިހާ ހަރަކާތެއް ކެންސަލް ކުރުމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރުސްކްގައި ވައިގެ ގިނަ އެލާޓްތަކެއް ނެރެފައިވާއިރު، އޮންލައިންކޮށް އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގެ މަތިން ފައިޓާ ޖެޓްތައް އުދުހެމުންދާއިރު، ބިންމަތީގައި ވާ ސަރަހައްދުތަކުން ދުން އަރައެވެ.

ސްމިރްނޯވް ވިދާޅުވީ ބޯޑަރު ސަރަހައްދުތަކުން އެތައް ހާސް ބަޔަކު ނެރެފައިވާ ކަމަށާއި އެހެން ސިޓީތަކުން ޑޮކްޓަރުން ޑްރާފްޓް ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ