logoEN
cocacola
ރަޝިއާއިން ޔޫކްރޭނުގެ މާކެޓަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ރަޝިއާއިން ޔޫކްރޭނުގެ މާކެޓަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

މަރިޔަމް ޝާލިނީ

logo

10/12/2022, 6:15:44 PM

# ރަޝިއާ - ޔޫކްރޭން

lcimg-db5054ac-c86b-457c-b374-ca39436d1a4f

ޔޫކްރޭނަށް އަރައިގަނެ، ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގައި މިއަދު ޔޫކްރޭނުގެ މާކެޓަކަށް ދިން ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

ގޮސިޔާ

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރަޝިއާއިން މި ހަމަލާ އަމާޒުކުރީ ޔޫކްރޭނުގެ ޑޮނެޓްސްކްގެ އަވްޑިވްކާ ސިޓީގެ މާކެޓަކަށެވެ. އެ މާކެޓަށް ރަޝިއާއިން ދީފައިވަނީ ބަޑީގެ ހަމަލާތަކެކެވެ. އަދި އެހަމަލާ ދިން އިރު މާކެޓުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިހަމަލާގައި މަރުވި މީހުންގެ އަދަދު 7 އަށް އަރާފައިވާއިރު އިތުރު 8 މީހަކު ވަނީ ޒަޚަމްވެފައެވެ.

އެ ސިޓީގެ މޭޔަރު ޕަވްލޯ ކްރިލެންކޯ ވިދާޅުވީ "ރަޝިއާ މީހުން އެތައް ބަޔަކު ތިބި ސެންޓްރަލް މާކެޓަށް ބަޑި ޖެހި،" ކަމަށާއި އެފަދަ ހަމަލާއެއް ދިނުމުގައި "އަސްކަރީ ލޮޖިކް" އެއް ނެތް ކަމަށެވެ.

އޭނާގެ ބަޔާނާއެކު މަރުވެފައިވާ މީހުންގެ ފޮޓޯތަކާއި މާރުކޭޓުގެ ގޮޅިތަކަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ފޮޓޯތައްވެސް ހުއްޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ