logoEN
cocacola
ޔޫކްރޭނުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ޔޫކްރޭނުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

އަލްފާ އަލީ

logo

10/9/2022, 8:25:30 PM

# ރަޝިއާ - ޔޫކްރޭން

F64VUQR4SNLQLOLMJLWWNRADVA

ރަޝިއާއިން ޔޫކްރޭނުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ދިން މިސައިލް ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

ގޮސިޔާ

ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވާ ޒަޕޯރިޒްޒިއާގައި ހުންނަ އެޕާޓްމަންޓް ބްލޮކަކާއި އެނޫންވެސް މީހުން ދިރިއުޅޭ އިމާރާތްތަކަށް ރަޝިއާއިން ދިން މިސައިލް ހަމަލާއެއްގައި 13 މީހުން މަރުވެ 87 މީހުން ޒަޚަމްވިއިރު އޭގެ ތެރޭގައި 10 ކުޑަކުދިންވެސް ހިމެނެއެވެ.

މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހަމަލާ އަކީ އިއްޔެ ކްރިމިއާ ބްރިޖް ގޮއްވާލާފައިވާތީ ބަދަލު ހިފުމުގެ ރޫހުގައި ރަޝިއާއިން ދީފައިވާ ހަމަލާއެއް ކަމުގައި ޔޫކްރޭނުން ގަބޫލުކުރެ އެވެ.

މިއީ ވައިގެ މަގުން ދީފައިވާ މިސައިލް ހަމަލާތަކެކެވެ. އެގޮތުން އެ ހަމަލާގައި 12 މިސައިލް ފޮނުވާފައިވާ ކަމަށް ވެއެވެ.

ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޒަޕޯޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓާ 52 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ ޒަޕޯރިޒްޒިއާ ސިޓީގައި މިފަހަކަށް އައިސް އާންމުކޮށް ރަޝިއާ އިން ބޮން ގޮއްވުމުގެ ހާދިސާތައް ހިނގަމުންދާއިރު، ބުރާސްފަތި ދުވަހު 19 މީހަކު ވަނީ މަރުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ