
ތެރަޕިއުޓިކް ދާއިރާއިން މެލޭޝިއާގައި ކިޔެވުމަށް 8 ސްކޮލާޝިޕް
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ# ސްކޮލަރޝިޕްGMG_9148
ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ހަޔާ އެޑިއުކޭޝަނުން 8 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ސްކޮލާޝިޕްއަކީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާ ފުރުސަތެއް ކަމަށެވެ. އެގޮތުން އެ ސްކޮލާޝިޕްތަކުގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގައި ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ 7 ހޮސްޕިޓަލަކުން ބައިވެރިވެވޭ ގޮތަށް ސްކޮލަރޝިޕްތައް ހުޅުވާލާފައިވަނީ މާސްޓާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ/ ޑިވެލޮފްމެންޓް ޑިސްއެބިލިޓީ އަދި މާސްޓާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ކިޔަވަން ބޭނުންވާ 8 ދަރިވަރުންނަށް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.
އެޕްލިކޭޝަން ހުށަހެޅޭނެ ހޮސްޕިޓަލްތަކަކީ:
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - 1
ގަން ރީޖަނަލް ހޮސްޕިޓަލް - 1
ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް - 1
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް - 1
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - 1
ހުޅުމާލެ ހޮސްޕިޓަލް - 1
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް - 2
މިއީ ފުލް ފަންޑެޑް ސްކޮލާޝިޕްތަކެއް ކަމަށްވާއިރު، ސްކަލަޝިޕުގައި ބައިވެރިވެވޭނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކުން އެކަންޏެވެ.
މި ސޮކޯލާޝިޕަށް ޝައުގުވެރިވާ ދަރިވަރުން މި މަހުގެ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ގުޅުންހުރި

ސެއިލްސް ޕްރޮޖެކްޓުގެ އަޕްސްކްލިންގ ޕްރޮގްރާމް ލޯންޗްކޮއްފި

އެޗްއާރް އަދި ފައިނޭންސްގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

ސްކޮލަރޝިޕްގައި ކިޔަވަން ފަށާ ޕްރޮގްރާމް ބަދަލުކުރެވޭ ގޮތަށް އުސޫލަށް ބަދަލެއް!
