
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް، ބ.އޭދަފުށީގައި ބިނާކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދު އެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލް ރަޙްމާން މުބާރިކް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއެވެ.
މިއީސަރުކާރުގެ މުހިއްމު އެއް ސިޔާސަތު ކަމަށްވާ އަތޮޅު ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.






