logoEN
Sto top
ނެޝަނަލް ރިސަރޗް ފަންޑްގެ ދަށުން ރިސަރޗް ގްރާންޓްސް އަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ނެޝަނަލް ރިސަރޗް ފަންޑްގެ ދަށުން ރިސަރޗް ގްރާންޓްސް އަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

11/17/2025, 5:00:23 AM

# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

-

ނެޝަނަލް ރިސަރޗް ފަންޑް (އެން.އާރު.އެފް) ގެ ދަށުން 'އިމަރޖިން ރިސަރޗް ގްރާންޓްސް' (އެން.އާރް.އެފް-އީ.އާރު.ޖީ) އަށް ރިސަރޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު، ރިސަރޗް ގްރާންޓް މެނޭޖަރސް މެދުވެރިކޮށް މިއަދު ހުޅުވާލައިފިއެވެ.

Wamco

މި ފުރުޞަތަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ. އަދި މި ގްރާންޓް ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ.

ނެޝަނަލް ރިސަރޗް ފަންޑްގެ ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ އަދި ވިލާ ކޮލެޖް އެވެ. މި ތިން އިންސްޓިޓިއުޝަންއިން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި ގްރާންޓް ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސަރޗްގެ ޤާބިލްކަން އިތުރުކުރުމެވެ.

މި ގްރާންޓްތަކުގެ ދަށުން ފަންޑުކުރެވޭނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކުގެ ދިރާސާތަކަށެވެ. އެއީ

• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް

• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ

• ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން

• ގްރީން އެޖެންޑާ

ރިސަރޗް ގްރާންޓް މެނޭޖަރސްގެ ގޮތުގައި ހަރަކާތްތެރިވާ ތިން އިންސްޓިޓިއުޝަންއިން ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ އެމްއެންޔޫއިން އަންނަ އަހަރުގެ 31 ޖެނައުރީއަށް، އައިޔޫއެމްއިން މިއަހަރުގެ ޑިސެމްބަރު 7 އަދި ވިލާ ކޮލެޖުން ޑިސެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC