
އެން.ސީ.އެސް އިން ޔުނިސެފްއާއި ގުޅިގެން ކެރިޔާ ގައިޑެންސް ސެޝަނެއް ކުޅުދުއްފުށީގައި ބާއްވަނީ
# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ-
ނޭޝަަނަލް ކެރިޔަރސް ސަރވިސެސް (އެން.ސީ.އެސް)ގެ ފަރާތުން ޔުނިސެފް މޯލްޑިވްސްއާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކެރިޔާ ގައިޑެންސް ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

"އަ ސްޓެޕް ޓުވަރޑް ޔޯ ފިއުޗަރ ސްޓާރޓްސް ހިޔަރ"ގެ ނަމުގައި މި ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ކެރިޔާ ގައިޑެންސްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ސެޝަންގައި، ޒުވާނުންނަށް ވަޒީފާގެ ރޮނގު ޚިޔާރުކުރުމުގައި ލިބެންޖެހޭ އެހީއާއި އެއްބާރުލުން ފޯރުކޮށްދިނުމާއިއެކު، އެ ޒުވާނަކު ދިޔުމަށް ޝައުގުވެރިވާ ދާއިރާއަކުން ދިޔުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢޫލޫމާތު ޙިއްސާކުރެވިގެންދާނެއެވެ.
ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ގުޅިގެން ބޭއްވޭ މިދަފަ ސެޝަންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޒުވާނުންނަށް އެ ޒުވާނެއްގެ ހުނަރާއި ޤާބިލްކަމާއި އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަށް ހާޞިލުކުރުމުގެ މަގުފަހިވެގެންދާނެއެވެ.
މި ސެޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ކުޅުދުއްފުޅީގެ ޒުވާނުންނަށް މި ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭނެއެެވެ.
ގުޅުންހުރި

އެން.ސީ.އެސް އިން ޔުނިސެފްއާއި ގުޅިގެން ކެރިޔާ ގައިޑެންސް ސެޝަނެއް ކުޅުދުއްފުށީގައި ބާއްވަނީ

އެން.ސީ.އެސްގެ ފަރާތުން "ކެރިޔާ ޕްރިޕަރޭޝަން" ސެޝަނެއް ބާއްވައިފި

އެމް.އެން.އެސް.ޑީ.އޭ އާއި ގުޅިގެން އެމް.ޕީ.އެލްގެ މުވައްޒަފުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
