logoEN
WAMCO TOP 1
ޓެކްނިކަލް ދާއިރާތަކުން ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

ޓެކްނިކަލް ދާއިރާތަކުން ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

# ސްކޮލަރޝިޕް# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން

ޓެކްނިކަލް ދާއިރާތަކުން "ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލާޝިޕް" ގައި ކިޔެވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ހުޅުވާލައިފި އެވެ.

THE TRAVELLER AD

"ޓިވެޓް ޓީޗަ ޓްރެއިންނިން ސްކޮލާޝިޕް " އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ 13:30އާ ހަމައަށް ހުޅުވާލާފައިވާއިރު، މި ސްކީމްގެ ދަށުން ޑިޕްލޮމާ 7 ކޯހާއި ބެޗްލާސް ޑިގްރީގެ 3 ކޯހަކަން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ކޯސްތަކުގައި އަވައްޓެރި ގައުމުތައް ހިމެނޭޙެން 24 ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ކޯސްތަކުގައި ބައިވެރިވެވޭނީ އެމްކިއުއޭގެ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް" ގެ މިނިމަމް އެންޓްރީ ރިކުއަމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ޑިޕްލޮމާއިން ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތައް

- މެނުފެކްޗަރިންގް އިންޖިނިއަރިންގް- ސިވިލް އިންޖިނިއަރިންގް- މެކަޓްރޯނިކްސް- ގްރެފިކް ޑިޒައިނިންގް- ކަރޕެންޓްރީ ޓެކްނޮލޮޖީ- އިންފޮމޭޝަން ޓެކްނޮލޮޖީ- އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރރޭޝަން

ބެޗްލާ ޑިގްރީ އިން ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތައް

-އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގް- މެރިން އިންޖިނިއަރިންގް ޓެކްނޮލޮޖީ- އޮޓޮމޯޓިވް އިންޖިނިއަރިންގް

މި ސްކޮލާޝިޕްގެ ކިޔެވުމަށް ހިނގާ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސާއިރު، އިހުތިޔާރު ކޯހަކީ ފުލްޓައިމް އަދި އިންގްލިޝް މީޑިއަމްއިން ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ކިޔެވުމުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ކޯހުގެ ދިގުމިނަށް ބަލާ ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ހިދުމަތްކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޯހަށް ހޮވުނުކަން އަންގާ ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ ކިޔަވަން ފަށަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލާޝިފްގެ ފުރުސަތު ކެންސަލްވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނުގެ އެގްރީމަންޓްގައި ސޮއި ނުކުރާނަމަ މި ސްކޮލާޝިޕް ސްކީމްއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ސްކޮލާޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެކަމަށާއި އެހެން ސްކޮލާޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލާޝިޕްގެ ފުރުސަތައް ނޮމިނޭޓް ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ފަހުގެ
HDC