
ރަޝިޔާއިން ޔޫކްރެއިނަށް ގިނަ އަދަދެއްގެ މިސައިލް ފޮނުވާލައި އާންމުން މަރަން ފަށައިފި
# ރަޝިއާ - ޔޫކްރެއިންUKRAINE-RUSSIA-CONFLICT-WAR
ރަޝިޔާއިން ޔޫކްރެއިންނަށް ގިނަ އަދަދެއްގެ މިސައިލް ފޮނުވާލައި ގިނަ ގެއްލުންތަކެއް ދީފި އެވެ.

ބޭރުގެ ރިޕޯޓްތަށް ބުނާގޮތުގައި ރަޝިޔާއިން މި މިސައިލްތަށް ފޮނުވާލާފައިވަނީ ޔޫކްރޭންގެ އަށް ރީޖަނަކަށާއި ވެރިރަށް ކިއޭވް އަށެވެ. އެގޮތުން މިއަދު ރަޝިއާ އިން ވަނީ ޔޫކްރޭނަށް 84 ކްރޫޒް މިސައިލް ފޮނުވާލާފައި ޑްރޯންތައް ބޭނުން ކޮށްގެން ވެސް ގިނަ ހަމަލާތަކެއް ދީފައެވެ.
މިހާތަނަށް މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 11 އަށް އަރާފައިވާއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 70 އާއި ގާތްކުރާ އަދަދެއްގައި އެވެ. މަރުވި މީހުންނަކީ ހުސް އާންމުންގެ މީހުންނެވެ. މިއާއި އެކު މިއީ ރަޝިޔާއިން ޔޫކްރެއިންގެ އާންމުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެއްކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިއަދު ރަޝިއާ އިން ޔޫކްރޭންގެ ސަރަހައްދުތަކަށް ހަމަލާތައް ދިނީ މިދިޔަ ހޮނިހިރު ދުވަހު ރަޝިއާ އާއި ކްރިމިއާ ގުޅުވައިދޭ ބުރިޖަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
މި ހަމަލާތަކުގައި ޔޫކްރެއިންގެ ވެރިރަށާއި ހަމަލާއަމާޒުވި ރީޖަންތަކުގެ އިންފްރާސްޓްރަކްޗާއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ. އެގޮތުން ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ލެވިވް، ޕޮލްޓަވާ، ސަމީ އަދި ޓާނޮޕިލް ރީޖަނުން ވަނީ ކަރަންޓު ކެނޑިފައި އެވެ. ޔޫކްރެއިނުން ބުނާގޮތުގައި ރަޝިޔާގެ ހަމަލާތަށް އަމާޒުވެފައިވަނީ ޔޫކްރެއިންގެ ހަކަތަ އާއި ގުޅުންހުރި އިމާރާތްތަކަށެވެ.
މިއަދަކި ރަޝިޔާއިން ޔޫކްރެއިންނަށް އެންމެ ވަރުގަދައަށް ހަމަލާދިން ދުވަސް ކަމަށް ބޭރުގެ ރިޕޯޓަރުން އަންނަނީ ބުނަމުންނެވެ. މިއަދުގެ ހަމަލާތަށް ބޭރުގެ އިސް ލިޑަރުންވެސް އަންނަނީ ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ.