logoEN
cocacola
ޔޫކްރެއިނުން ގިނަ ސިޓީތަކެއް އަތުލައިފި، ރަޝިޔާ ސިފައިން ފަހަތަށް

ޔޫކްރެއިނުން ގިނަ ސިޓީތަކެއް އަތުލައިފި، ރަޝިޔާ ސިފައިން ފަހަތަށް

އަހުމަދު ޝުރާއު

logo

9/11/2022, 10:47:45 AM

# ރަޝިއާ - ޔޫކްރެއިން

thediplomat_2022-04-01-023324

ޔޫކްރެއިންގެ އަވަސް ކައުންޓަރ އެޓޭކެއްގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބެމުންދާއިރު، އިރުމަތީގެ މުހިންމު ސިޓީތަކުން ރަޝިޔާ ސިފައިން ފައިބަން ފަށައިފި އެވެ.

ގޮސިޔާ

ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވީ ރަޝިއާ ގެ ސިފައިންނަށް އިރުމަތީ ސަޕްލައިގެ މުހިންމު މަރުކަޒެއް ކަމަށްވާ ކުޕިއަންސްކް އަށް ޔޫކްރެއިން ސިފައިން ހޮނިހިރު ދުވަހު ވަދެ އެސަރަހައްދު ޔޫކްރެއިން ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ދެން ބުނެފައިވަނީ، ޔޫކްރެއިނުން ކުޕިއަންސްކް ހިފުމާއި ެކު އެގައުމުގެ ފައުޖުތައް އަލުން ރީގްރޫޕުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ކައިރީގައި ވާ އިޒްޔޫމް އަށް ފަހަތަށް ޖައްސާފައިވާ ކަމަށެވެ.

އަދި ޑޮނޭޓްސްކް ގެ ކުރީ ސަފުގައި "ކުރަމުންދާ މަސައްކަތްތަކަށް ބާރު ދިނުމުގެ ގޮތުން" ތިން ވަނަ މުހިންމު ސިޓީއެއް ކަމަށްވާ ބާލަކްލިއާ އިން ސިފައިން އަނބުރާ ގެންދިޔަކަން ވެސް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޔޫކްރެއިންގެ ކުރިއެރުމަކީ ރަޝިޔާއިން މިދިޔަ އޭޕްރީލް މަހު ކިއޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ފޭބުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެވެ.

ހޮނިހިރު ދުވަހުގެ ރޭ ދެއްވި ވީޑިއޯ ތަގުރީރުގައި ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ، މި މަހުގެ ކުރީކޮޅު ރަޝިޔާއިން އަލުން ކައުންޓަރ އެޓޭކް ދޭން ފެށި ފަހުން ޔޫކްރެއިން އިން މިހާރު 2000 އަކަ ކިލޯމީޓަރު (700 އަކަ މޭލު) މިނިވަން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާގެ މި ދަޢުވާއިން ދޭހަކޮށްދެނީ، މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެ ސަރަޙައްދުގެ ދެބައިކުޅަ އެއްބައި އަލުން ހިފާފައިވާކަމެވެ.

އިޒްޔޫމް އިން ވަކިވުމަށް ރަޝިޔާއިން އިއުތިރާފުވުމަކީ މޮސްކޯގެ އަސްކަރީ މައި މަރުކަޒަކަށް ވާތީ ރަޝިޔާއިން އިޒްޔޫމް އިން ވަކިވުން ވަރަށް ބޮޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ