logoEN
cocacola
ހަނގުރާމައިގެ މައިދާނަށް ރަޝިޔާއިން ލޭޒަރ ހަތިޔާރު ނެރެފި

ހަނގުރާމައިގެ މައިދާނަށް ރަޝިޔާއިން ލޭޒަރ ހަތިޔާރު ނެރެފި

އައިޝަތު އިފާޝާ

logo

5/19/2022, 1:51:52 PM

# ރަޝިއާ - ޔޫކްރެއިން

Putin

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ޒަމާނީ ލޭޒަރ ހަތިޔާރު ބޭނުންކުރަން ފަށައިފައިވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

ގޮސިޔާ

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުން އުފައްދާފައިވާ ބާރުގަދަ ލޭޒަރަކީ ސެޓަލައިޓާއި ޑުރޯނާ ދެކޮޅަށް ބޭނުންކުރުމަށް ޚާއްޞަ ހަތިޔާރެއްކަމަށެވެ. އެ ގޮތުން ދުނިޔެއާ 1،500 ކިލޯމީޓަރު ދުރުން އުދުހޭ ސެޓަލައިޓަށާއި ފަސް ކިލޯމީޓަރު ދުރުން އުދުހޭ ޑުރޯނާ ދެކޮޅަށް ވަރަށް ކާމިޔާބުކަމާއެކު އެ ލޭޒަރ ބޭނުންކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން ލޭޒަރ ބޭނުންކޮށްގެން ވައިގެ ތެރޭގައި ޑުރޯނާއި އެ ނޫންވެސް އުޅަނދުތައް ގޮއްވާލުމުގެ ޤާބިލުކަން ރަޝިޔާގެ އަސްކަރިއްޔާއަށް ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ ދެވަނައަށް އެންމެ ވަރުގަދަ އަސްކަރިއްޔާ ތަރައްޤީކުރުމަށް ރަޝިޔާއިންވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިން އީޖާދުކޮށްފައިވާ ބައެއް ޒަމާނީ ހަތިޔާރުތައްވަނީ ދައްކާލައިފައެވެ. އޭގެ ތެރޭގައި އެއް ބަރުން އަނެއް ބައްރަށް ފޮނުވާލެވޭ ވަރުގަދަ ބެލިސްޓިކް މިސައިލުތަކާއި އަޑަށްވުރެ އަވަހަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރުތަކާއި ކަނޑުއަޑީގައި ބޭނުންކުރެވޭ ނިޔުކްލިޔަރ ޑުރޯނާއި ލޭޒަރ ހަތިޔާރު ހިމެނެއެވެ.

ނަމަވެސް ރަޝިޔާއިން އީޖާދުކޮށްފައިވާ ގިނަ ޒަމާނީ ހަތިޔާރުތައް ޔޫކްރެއިނުގައި ހަނގުރާމާގައި ބޭނުމެއް ނުކުރެއެވެ. ހަނގުރާމައިގެ މައިދާނަށް އެ ޤައުމުން ނެރެފައިވަނީ އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރައި މިސައިލާއި ލޭޒަރ ހަތިޔާރެވެ.

ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ފޮނުވަމުންދާ ދަނޑިވަޅެއްގައި ހަނގުރާމައިގެ މައިދާނަށް ލޭޒަރ ހަތިޔާރު ބޭނުންކުރަން ފެށުމުން ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީވަނީ އެ ކަމަށް ހަޖޫޖައްސަވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ހަނގުރާމާގައި ރަޝިޔާއަށް ކުރިއެރުން ލިބެމުންނުދާތީ މޮޅެތި ހަތިޔާރު ބޭނުންކުރަމުންދާކަމަށް ބުނަނީކަމަށެވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމާގައި ނާޒީ ޖަރުމަންވިލާތަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން އެ ޤައުމުންވެސް ބޭނުންކުރި އުކުޅެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ