logoEN
cocacola
ޔޫކްރެއިންގެ ސެވެރޮޑޮނޭޓްސްކް ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް

ޔޫކްރެއިންގެ ސެވެރޮޑޮނޭޓްސްކް ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް

އައިޝަތު އިފާޝާ

logo

6/25/2022, 11:10:38 PM

# ރަޝިއާ - ޔޫކްރެއިން

Russia Ukraine

އިރުމަތީ ޔޫކްރެއިންގެ ސެވެރޯޑޮނޭޓްސްކް ސިޓީގެ ކޮންޓްރޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ އަތުގައި ކަމަށް އެސިޓީގެ މޭޔަރު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޔޫކްރެއިންގެ ޓީވީ ޗެނަަލަކަށް ދިން އިންޓަވިއުއެއްފައި އެސިޓީގެ މޭޔަރު އޮލެކްސަންޑަރ ސްޓްރިއުކް ވިދާޅުވީ، ރަޝިޔާއިން މިހާރު އެސިޓީ އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ޔޫކްރެއިންގެ އަސްކަރިއްޔާ ވަނީ އިތުރު ތައްޔާރީތައް ވުމަށް ފަހަތަށް ޖެހިފައި ކަމަށެވެ.

ހަފްތާތަކެއް ވަންދެން އެސިޓީ ހިފުމަށް ރަޝިޔާއިން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީ ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވެފައެވެ. އަދި އެ ސިޓީގެ އާންމުންގެ ގިނަ ބަޔަކު ގެންދަނީ އަޒޮޓްގެ ކެމިކަލް ޕްލާންޓްގައި ހިޔާވަހިކަން ހޯދަމުންނެވެ. އަދި އެމީހުންނަށް އެ ޕްލާންޓުން ބޭރަށް ނުކުމެވެން އޮތީ ހަމައެކަނި، ރަޝިޔާއިން ހިފާފައިވާ ސަރަހައްދުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

ރަޝިއާގެ އަސްކަރިއްޔާއާ ގުޅިފައިވާ ރަޝިއާގެ ހަނގުރާމަވެރިން ބުނާ ގޮތުގައި އެމީހުން ވަނީ ސިވެރްސްކީ ޑޮނޭޓްސް ކޯރު ހުރަސްކޮށް ސެވެރޮޑޮނޭޓްސްކް ކުރިމަތީގައި އޮންނަ ސިޓީ ކަމަށްވާ ލައިސިޗަންސްކްގެ ބައެއް ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. ނަމަވެސް ޔޫކްރެއިންގެ އޮފިޝަލުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯއާ ސެއިންޓް ޕީޓަރސްބާރގްގައި ބައްދަލުކުރައްވާފައެވެ. ބެލަރޫސްގެ ރައީސް ވަނީ ނިއުކްލިއަރ ގާބިލްކަން ލިބިފައިވާ އިސްކަންޑަރ އެމް މިސައިލް ތައް ފޯރުކޮށްދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ