
sleeping women
އަންހެން ކަނބަލުން ނިދީގެ ކޮލިޓީ ދަށްވާނަމަ ނުވަތަ ނިދަން އުނދަގޫ ވާނަމަ ނުވަތަ ނިދީގެ މައްސަލައެއް އުޅޭ ނަމަ ލޭގެ ޕްރެޝަރު މައްޗަށް ދާކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ އެތައް ބައިވަރު ކަނބަލުންނެއް ބައިވެރިކޮށްގެން ކޮލަމްބިއާ ޔުނިވާސިޓީ އިރްވިންގް މެޑިކަލް ސެންޓަރުން ކުރިއަށްގެންދިޔަ ދިރާސާ އެކެވެ.
މި ދިރާސާގައި ހަތް ގަޑިއިރު ނިދާ އަންހެން ކަނބަލުންނާއި ހަތްގަޑިއިރަށްވުރެ ގިނައިން ގާތް ގަނޑަކަށް ނުވަ ގަޑީރު ނިދާ ކަނބަލުން ބައިވެރި ވި އެވެ. ބައިވެރިންގެ ތެރޭން ނިދީގެ މައްސަލަ އުޅޭ ބައިވެރިން ލޭގެ ޕްރެސަރު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމުގައި ފާހަގަ ކުރެވިފައިވާކަމަށް ދިރާސާހެދި ޓީމުން ބުނެފައި ވެ އެވެ.
އެމެރިކާގެ ހާޓް އެސޯސިއޭޝަންގެ ވެބްސައިޓްގައި މި ދިރާސާ މިހާރު ޝާއިޢު ކޮށްފައިވާއިރު ދިރާސާގެ ކުންނުގައި ބުނެފައިވަނީ ހާއްސަ ގޮތެއްގައި އަންހެން ކަނބަލުން ނިންޖަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. ނޫން ނަމަ ލޭގެ ޕްރެޝަރު މައްޗަށް ގޮސް ރުޅިގަދަވާގޮތްވާކަމަށެވެ. އަދި ހިތުގެ ބަލިތައްވެސް މިކަމުގެ ސަބަބުން އިތުރުވާކަމަށެވެ.