logoEN
cocacola
ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައި ސަރުބި އިތުރުވެގެންދާ ކަމަށް ދިރާސާއަކުން ދައްކައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމުން ބަނޑުގައި ސަރުބި އިތުރުވެގެންދާ ކަމަށް ދިރާސާއަކުން ދައްކައިފި

އައިޝަތު އިފާޝާ

logo

3/25/2024, 11:20:22 AM

# ސިއްޙަތު

.

ދުންފަތުގެ އިސްތިއުމާލު ކުރުން ފެށުމާއި އެކަމުގައި އުމުރު ދުވަހު ހޭދަކުރުމަކީ ބަނޑުގައި ހުންނަ ފެޓް އިތުރުވުމާއި ގުޅިފައިވާ ކަމެއް ކަމަށް އެޑިކްޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

ގޮސިޔާ

އަދި އިތުރު އެނަލިސިސްތަކުން އެނގުނު ގޮތުގައި އެކަމުގެ ސަބަބުން ވިސެރަލް ފެޓް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްވިޑެންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ އެޕިޑެމިއޮލޮޖިސްޓް އަދި އެސިސްޓެންޓް ޕްރޮފެސަރު ޑރ ޖަރމަން ކަރަސްކުއިލާ ވިދާޅުވި އެވެ.

ވިސެރަލް ފެޓް އަކީ ފެންނަން ހުންނަ އެއްޗެއް ނޫނެވެ. މިއީ ބަނޑުގެ ތެރޭގައި ހުންނަ ގުނަވަންތައް ވަށާލާ އެއްޗެކެވެ. ހަށިގަނޑުގައި 10 އިންސައްތައަށް ވިސެރަލް ފެޓް ހުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ނޫނެވެ. ނަމަވެސް ވިސެރަލް ފެޓް މާ ގިނައިން ހުރުމަކީ އިންފްލެމޭޝަން އުފެއްދުން ފަދަ ދާއިމީ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ކްލީވްލޭންޑް ކްލިނިކުން ބުނެފައިވެއެވެ.

ވިސެރަލް ފެޓް ހަށިގަނޑުގައި އެކުލެވޭ ތަންތަނާއި ހަށިގަނޑުގައި މުއާމަލާތް ކުރާ ގޮތަކީ ހާއްސަކޮށް ނުރައްކާތެރި ކަމެއް ކަމަށް އެޑިކްޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވެއެވެ. މި ބާވަތުގެ ފެޓް އަކީ ހިތުގެ ބަލިތަކާއި ޓައިޕް 2 ހަކުރު ބައްޔާއި އެހެނިހެން މެޓަބޮލިކް ހާލަތްތްކާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ.

އެހެން ކަމުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވައި މަދުކުރުމަށް ބޮޑެތި މަސައްކަތަކެއް ކުރަން ޖެހޭ ކަމަށް ޕްރޮފެސަރު ޑރ ޖަރމަން ކަރަސްކުއިލާ ވިދާޅުވިއެވެ.

"އާބާދީގެ އެންމެ ބޮޑު އެއް ސިއްހީ ނުރައްކާ ކުޑަކުރުމަކީ ނުސީދާ ގޮތެއްގައި ސިއްހީ އިތުރު ބޮޑު ނުރައްކަލެއް ކުޑަވެގެންދާނެ ކަމެއް،" ކަރަސްކުއިލާ ވިދާޅުވި އެވެ.

ދިރާސާ ޓީމުން "މެންޑެލިއަން ރެންޑަމައިޒޭޝަން"ގެ ނަމުގައި ސްޓެޓިސްޓިކަލް އެނަލިސިސްއެއް ހަދާފައިވާއިރު، އެ ދިރާސާގައި ޖެނެޓިކް ތަފާތުތައް ބޭނުންކޮށްގެން އަމަލުތައް ނުވަތަ މާހައުލުތަކުގެ ސަބަބުން ސިއްހީ ގޮތުން ތަފާތު ނަތީޖާތަކެއް ނެރެވޭ ގޮތް ދިރާސާކޮށްފައިވެ އެވެ.

ކަރަސްކުއިލާ ވިދާޅުވި ގޮތުގައި ދެން އޮތް އެންމެ ބޮޑު އެއް ސުވާލަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ބަނޑުގައި ހުންނަ ފެޓް އުފެދުން ބަދަލުކުރެވިދާނެތޯ އެވެ.

ނަމަވެސް އޭގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ދަތުރު ފަށަން ފަސްޖެހުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގޯސް ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާ ގުޅިފައިވާ މުޅި ސިއްހަތަށް އަންނަ ކުރިއެރުންތަކަށް ޕަބްލިކް ހެލްތު އިންޓަވެންޝަންތަކުން ބާރު އަޅަމުން ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނގިރޭޓްގެ ގެ އިތުރުން ވެސް މަރިޖުއާނާ، ވައި ތަޣައްޔަރުވުމާއި ކެއްކުމުގެ ދުން ފަދަ މާއްދާތަކުގައި ނޭވާލުމަކީ ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް އިތުރުވުމާ ގުޅިފައިވާ ކަމެއް ކަމަށް ފްރީމަން ވިދާޅުވި އެވެ.

ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ތިމާ ނޫނަސް އާއިލާ ނުވަތަ ގާތް އެހެން މީހަކު ނުވަތަ ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ އެހެން މީހަކު ހުރެއްހެ ނަމަ ދުންފަތުގެ އިސްތިއުމާކު ކުރުން ހުއްޓާލުމަށް ހަގީގަތުގައިވެސް އުނދަގޫވާނެ ކަމަށާއި, ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެންމެ ފަސޭހަ ގޮތަކީ އެފަދަ މީހުންނާ ދުރަސް ދުވަސްކޮޅަކަށް ޖެހިލުން ކަމަށްވެސް ފްރީމަން ވިދާޅުވިއެވެ.

އަދި ސްޓްރެސްއާ ކުރިމަތިލާނެ އާ ގޮތްތަކެއް ހޯދުމަކީ ވެސް އެހީއަކަށް ވެދާނެ ކަމަށާއި އެއީ ގިނަ ފަހަރަށް ދުންފަތުގެ އިސްތިއުމާލު ކުރަން މަގުފަހިވާ ބޮޑު ޓްރިގާއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ފްރީމަން އިތުރަށް ވިދާޅުވީ ކަސްރަތަކީ ހަމައެކަނި ސްޓްރެސް ކުޑަކޮށްދޭން އެހީތެރިވާ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވެސް ވަރަށް ބޮޑު އެހީއެއް ލިބޭ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފްރީމަން ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަނން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ފިޔަވަޅަކީ އާދައިން ސަލާމަތްވުމަށް ތައްޔާރަށް ތިބޭ ތަނަކަށް ދިއުމެވެ. އަދި އަމިއްލައަށް އެކަމުން ދުރުވާން ބޭނުން ނުވާނަމަ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަދި ކިތަންމެ ފަރުވާއެއް ހޯދިނަމަވެސް އެކަމުން ދުރުނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ