
ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް
# ތިނަދޫ ސްކޫލް# ހުވަދޫ ސްވިމިންގ ކްލަބް# އަބޫބަކުރު ސްކޫލް# ގދ. އަތޮޅު ތައުލީމީ މަރުކަޒުSWIMMING
މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ކުރިއަށްގެންދިޔަ އެމްއޭސީއެލް 6 ވަނަ އައްޑޫ ޒޯން ފެތުމުގެ މުބާރާތުގައި ގދ ތިނަދޫއިން ބައިވެރިވި ސްކޫލްތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފިއެވެ.

3 ދުވަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫގައި ބޭއްވި މިމުބާރާތުން ގދ އަތޮޅު ތައުލީމީ މަރުކަޒު، އަބޫބަކުރު ސްކޫލްގެ އިތުރުން ތިނަދޫ ސްކޫލުން ވަނީ ބައިވެރިވެފައެވެ. 3 ސްކޫލުން ޖުމްލަ 16 ދަރިވަރުން މިމުބާރާތުގައި ބައިވެރިވެފައިވެއެވެ.
މިމުބާރާތުގަައި ތިނަދޫ ސްކޫލްތަކުން ވަނީ ޖުމްލަ 3 ގޯލްޑް މެޑަލް، 6 ސިލްވަރ މެޑަލްގެ އިތުރުން 20 ބްރޯންޒް މެޑަލް ހޯދާފައެވެ.
ރަން މެޑަލް:
ގދ އަތޮޅު ތައުލީމީ މަރުކަޒު:
ހުސައިން ޖަނާން އަލީ (50 މީޓަރު ބެކްސްޓްރޯކް)
އަބްދުﷲ އަލްތާފް އަހުމަދު (25 މީޓަރު ފްރީސްޓައިލް)
ތިނަދޫ ސްކޫލް:
ހުސައިން މާކިން މުހައްމަދު (50 މީޓަރު ފްރީސްޓައިލް)
ސިލްވަރ މެޑަލް
ގދ އަތޮޅު ތައުލީމީ މަރުކަޒު
އަބްދުﷲ އަލްތާފް އަހުމަދު (50 މީޓަރު ބެކްސްޓްރޯކް)
މަރިޔަމް ނިޔަމް ޖައުފަރު (50 މީޓަރު ފްރީސްޓައިލް)
އަބްދުﷲ އަލްތާފް އަހުމަދު (50 މީޓަރު ފްރީސްޓައިލް)
ޙަސަން އާހިލް އިރުފާން (25 މީޓަރު ބެކްސްޓްރޯކް)
މުހައްމަދު އަދްޔަން ނަޒީރު (25 މީޓަރު ބެކްސްޓްރޯކް)
އަބޫބަކުރު ސްކޫލް
މުހައްމަދު އަދީން ރިޝާމް ޝަރީފް ( 50 މީޓަރު ފްރީސްޓައިލް)
ބްރޯންޒް މެޑަލް
ގދ އަތޮޅު ތައުލީމީ މަރުކަޒު
އަލީ އިކާން އަހުމަދު (50 މީޓަރު ބެކްސްޓްރޯކް)
އާމިނަތު މައާލް މުހައިމިން (50 މީޓަރު ބެކްސްޓްރޯކް)
އަހުމަދު އަހުސަމް (50 މީޓަރު ފްރީސްޓައިލް)
މުހައްމަދު އަދްޔަން ނަޒީރު (50 ބްރެސްޓް ސްޓްރޯކް)
އަލީ އިކާން އަހުމަދު (25 މީޓަރު ބެކްސްޓްރޯކް)
4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭ (ޖޫނިއަރ ބީ)
4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ (ސީނިއަރ އޭ)
4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ (ސީނިއަރ އޭ)
އަބޫބަކުރު ސްކޫލް
މުހައްމަދު އަދީން ރިޝާމް ޝަރީފް (50 މީޓަރު ފްރީސްޓައިލް)
ތިނަދޫ ސްކޫލް
ހުސައިން މާކިން މުހައްމަދު (25 މީޓަރު ފްރީސްޓައިލް)
ތިނަދޫއިން ބައިވެރިވި 3 ޓީމާއި ހަވާލުވެގެން ދިޔަ ކޯޗު ޖަމްޝީދު އަހުމަދު ވިދާޅުވީ، ގިނަ މެޑަލްތައް ގެއްލިގެން ދިޔައީ ދަރިވަރުން ތަމްރީނުކުރުމަށް ބޭނުންވާ ވަސީލަތްތައް ތިނަދޫގައި ނެތުމާއި ޓާނިންގ ބޯޑު ނެތި ޕްރެކްޓިސް ކުރަންޖެހި އަލަށް މިފަދަ ޓްރެކެއްގައި ބައެއް ކުދިން ފަތަންޖެހުމުން ކަމަށާއި، ނަމަވެސް ނަތީއްޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
މިމުބާރާތުން ހޯދި ކާމިޔާބީތަކުން ފެނިގެންދަނީ ކުދިންގެ ގައިގައި ހުރި ހުނަރުވެރިކަން. އެކަށީގެންވާ ވަސީލަތްތަކާއެކު ތަމްރީނުދެވިގެން މިފަދަ މުބާރާތެއްގައި ބައިވެރިވާނަމަ މިއަށްވުރެ ބޮޑެތި ކާމިޔާބީތައް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް - ކޯޗު ޖަމްބެ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ތިނަދޫއިން މި މުބާރާތުގައި ބައިވެރިވެފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒު އެކަންޏެވެ.
ތިނަދޫގައި ހިންގާ ޖަމިއްޔާއެއް ކަމަށްވާ ހުވަދޫ ސްވިމިންގ ކްލަބުން އިސްނަގައިގެން ގދ ތިނަދޫގައި ސްވިމިންގ ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން މިފަހަރު ވަނީ ތިނަދޫގެ 3 ސްކޫލްވެސް ބައިވެރިކޮށްފައެވެ.
ގުޅުންހުރި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ތިނަދޫ ސިޓީގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތް ބާއްވައިފި

ހުވަދޫ ސްވިމިންގ ކްލަބުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް މިމަހުގެ 10 ގައި ތިނަދޫގައި ފަށަނީ

ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް
