
ހުވަދޫ ސްވިމިންގ ކްލަބުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް މިމަހުގެ 10 ގައި ތިނަދޫގައި ފަށަނީ
# ހުވަދޫ ސްވިމިންގ ކްލަބްއެޗްއެސްސީއިން ތިނަދޫގައި މީގެ ކުރިން ހިންގި ޕްރޮގްރާމެއްގެ ތެރެއިން
ހުވަދޫ ސްވިމިންގ ކްލަބްގެ ފަރާތުން ސިލްސިލާކޮށް ކުރިޔަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު މިމަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެޖަމިއްޔާއިން ކުރި އިއުލާނެއްގައި ބުނީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭނެ މި ޕްރޮގްރާމު މިމަހުގެ 10 ގައި ފެށުމަށް ނިންމާފައިވާ ކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމުގައި ފަތަން ދަސްކޮށްދިނުމުގެ އިތުރަށް ސްކައުޓް, ކަބްސްކައުޓް, ލިޓިލް ގައިޑް އަދި ގައިޑް ކުދިންނަށް ބެޖު ހެދުންވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. އަދި ސްޓްރޯކް ދަސްކޮށްދިނުން ވެސް ކުރިޔަށް ގެންދިޔުމަށް އެޖަމިއްޔާއިން ވަނީ ނިންމާފައި އެވެ.
މި ޕްރޮގްރާމުގެ ތެރެއިން 9 އަހަރުން މަތީގެ ކުދިންނަށާއި ފަރާތްތަކަށް ސްނޯކްލިންގ ދަސްކޮށްދިނުމަށްވެސް އެޖަމިއްޔާއިން ވަނީ ނިންމާފައި އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 08 ފެބުރުވަރީ 2024ގެ 18:00 ގެ ކުރިން 9912500 އަށް ގުޅުއްވާ ނަންނޯޓު ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ހުވަދޫ ސްވިމިންގ ކްލަބުން ވަނީ އެދިފައި އެވެ.
މި ޕްރޮގްރާމަކީ އެޖަމިއްޔާއިން މިއަހަރު ކުރިޔަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ އެންމެ ފުރަތަމަ ޕްރޮގްރާމެވެ. އެގޮތުން 2021 ވަނަ އަހަރު އެޖަމިއްޔާ ވުޖޫދުވީއްސުރެ އެޖަމިއްޔާއިން އަންނަނީ ހުވަދު އަތޮޅުގެ އެކި ކަންކޮޅުތަކުގައި ފެތުމުގެ ޚާއްސަ ޕްރޮގްރާމްތަކާއި މޫދު ކަސްރަތުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި އުފެދުނު ޖަމިއްޔާއެކެވެ.
ގުޅުންހުރި

ހުވަދޫ ސްވިމިންގ ކްލަބުގެ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް މިމަހުގެ 10 ގައި ތިނަދޫގައި ފަށަނީ

ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް

ހުވަދޫ ސްވިމިންގ ކްލަބާއި ގުޅިގެން ނިޑްސްއިން ނަޑެއްލާގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
