
ތިނަދޫ ގެ 3 ސްކޫލަކުން އައްޑޫ ޒޯން ފެތުމުގެ މުބާރާތައް
# ގދ.ތިނަދޫ# ގދ. އަތޮޅު ތައުލީމީ މަރުކަޒު# އަބޫބަކުރު ސްކޫލް# ތިނަދޫ ސްކޫލް# ހުވަދޫ ސްވިމިންގ ކުލަބުSWIMMING
އެމްއޭސީއެލް 6 ވަނަ އައްޑޫ ޒޯން ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ގދ. ތިނަދޫ 3 ސްކޫލެއްގެ ޓީމްތައް އައްޑޫއަށް ދަތުރުކޮށްފިއެވެ.

މިގޮތުން މުބާރާތުގައި ވާދަކުރުމަށް އައްޑޫއަށް ދަތުރު ކޮށްފައިވަނީ ތިނަދޫ ސްކޫލާއ،ި އަބޫބަކުރު ސްކޫލުގެ އިތުރުން ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ.
މިއީ މިފަހަރު އައްޑޫ ސިޓީގައި ހިތަދޫގައި ބޭއްވޭ ސްކޫލްތަކުގެ ފެތުމުގެ މުބާރާތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރަށްތައް ފިޔަވައި އެހެން ރަށަކުން ވާދަކުރާ ހަމައެކަނި ޓީމްތަކެވެ.
މި މުބާރާތުގައި ތިނަދޫއިން ވާދަކުރާ ޓީމްތައް ތައްޔާރު ކުރީ ހުވަދޫ ސްވިމިންގ ކުލަބުގެ ކޯޗުންގެ އިރުޝާދުގެ ދަށުންނެެވެ. ހުވަދޫ ސްވިމިންގ ކްލަބްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ޓީމްތައް މުބާރާތައް ރަގަޅަށް ތައްޔާރު ކުރެވުނު ކަމަށާއި، ނަމަވެސް ޕްރެކްޓިސް ކުރުމުގައި ފެތުންތެރިންނަށް ގޮންޖެހުން ތަކެއް ކުރިމަތިވި ކަމަށެވެ.
އެގޮތުން އެކަށީގެެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ޕްރެކްޓިސް އެއްމެ އެދެވޭ ގޮތުގައި ނުގެންދެވޭކަން ކުލަބްގެ އޮފިޝަލް ފާހަގަކޮށްފައި ވެއެވެ. ތިނަދޫގައި މިވަގުތު އޮތް ސްވިމިންގް ޓްރެކްގައި އެންމެ ބޭސިކް ކަންކަންވެސް ފުރިހަމަ ނުވާކަން ކުލަބުން ވަނީ ފާހަގަ ކޮށްފައެވެ.
ތިނަދޫގެ 3 ސްކޫލްގެ މި ޓީމްތައްވަނީ ދާދި ފަހުން ބޭއްވުނު 18 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި ވާދަކޮށް ރަނގަޅު ކާމިޔާބީ ތަކެއް ހޯދާފައެވެ.
18 ވަނަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައިވެސް އަތޮޅުތެރެއިން ވާދަކުރީ ހަމައެކަނި ތިނަދޫގެ 3 ސްކޫލުންކަން ފާހަނގަ ކޮށްލެވެއެވެ.
ގުޅުންހުރި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ތިނަދޫ ސިޓީގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތް ބާއްވައިފި

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
