
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ތިނަދޫ ސިޓީގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތް ބާއްވައިފި
# ތިނަދޫ ސްކޫލްފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން...
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ތިނަދޫ ސްކޫލް ދަރިވަރުންނަށް ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތް ބާއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ތިނަދޫ ސްކޫލް ހޯލުގައި، ބޭއްވުނު މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތިނަދޫ ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު އަޝްރަފް އެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް ލެފްޓިނަންޓް އަލީ ރިޝްވާންގެ އިތުރުން ކާޑެއްދޫ ޕޯސްޓްގެ އެންލިސްޓެޑް ލީޑަރު ސާޖަންޓް ފަސްޓް ކްލާސް ޝިފާއު އަބްދުލް ހަކީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން...
2024 ޖޫން 24 އިން 2024 ޖުލައި 19 ނިޔަލަށް ތިނަދޫ ސިޓީ، ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ހިންގުނު ފަތަން ދަސްކޮށްދިނުމުގެ މި ޕްރޮގުރާމުގައި މުދައްރިބުންގެ ގޮތުގައި ކިޔާވާދެއްވީ ސްޓާފް ސާޖަންޓް އަލީ އިރުފާން، ސްޓާފް ސާޖަންޓް އިބްރާހިމް ޝަމީމް އަދި ކޯޕްރަލް ހާތިމް އަބްދުﷲ އެވެ. ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ތެރެއިން...
މި ޕްރޮގުރާންގައި ޖުމްލަ 48 ދަރިވަރުން ބައިވެރިވިއިރު، އޭގެތެރޭގައި ހިމެނެނީ 26 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ. އަދި މީގެތެރެއިން 38 ދަރިވަރަކު ވަނީ ޕްރޮގުރާމުން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް ލެފްޓިނަންޓް އަލީ ރިޝްވާންގެ އިތުރުން ކާޑެއްދޫ ޕޯސްޓްގެ އެންލިސްޓެޑް ލީޑަރު ސާޖަންޓް ފަސްޓް ކްލާސް ޝިފާއު އަބްދުލް ހަކީމް އެވެ.
މި ޕްރޮގުރާމުގައި ކިޔަވާދެއްވި މުދައްރިބުންނަށް ހަނދާނީ ފިލާ އަދި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް ޝަޛިއްޔާ އަހުމަދު އެވެ. އަދި މި ޕްރޮގްރާމް ހިންގުމުގައި އެހީތެރިވެދެއްވާފައި ވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ހަނދާނީހެކި ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ތިނަދޫ ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަހުމަދު އަޝްރަފް އެވެ.
ގުޅުންހުރި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ތިނަދޫ ސިޓީގައި ހިންގި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތް ބާއްވައިފި

ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް

ތިނަދޫ ގެ 3 ސްކޫލަކުން އައްޑޫ ޒޯން ފެތުމުގެ މުބާރާތައް
