logoEN
Sto top
ކަސްރަތުކުރަންވީ ގުރޫޕް ހަދައިގެން

ކަސްރަތުކުރަންވީ ގުރޫޕް ހަދައިގެން

އަޙްމަދު ޖަމީލު

logo

1/26/2021, 2:27:28 PM

# ސިއްޙަތު# ކަސްރަތު

19-medium

ކަސްރަތު ކުރުމަކީ އެތައް ބަޔަކު ކުރަން ބޭނުންވާ، އެކަމަކަށް ހިތުލާ ކަމެކެވެ. އެހެންނަމަވެސް، ގިނަ ދުވަސް ވަންދެން އެގޮތަށް ހިފަހައްޓާލެވެނީ މަދު ފަހަރަކުއެވެ. ދިރިއުޅުމުގެ ކަންކަމުގައި ބުރަވުމާއި، އެކަން ކުރަން ފޫހިވެގެން ހުއްޓާލާ ފަހަރު ހަމަ ވަރަށް ގިނައެވެ.

Wamco

މިގޮތަށް، ވަކި ހިސާބަކަށް ގޮސް ހުއްޓާލެވޭ ގޮތް ވާނަމަ، އެންމެ ރަނގަޅީ ގުރޫޕެއް ހަދައިގެން މިކަން ކުރުންކަމަށް، ޞިއްޙަތާ ބެހޭ ޖާނަލް އަކުން ވަރަށް ފަހުންވަނީ ބުނެފައެވެ.

"އިންޓަނޭޝަނަލް ޖާނަލް އޮފް ޓެކްނޮލޮޖީ އެސެސްމަންޓް އިން ހެލްތް ކެއަރ" ގެ ނަމުގައި އާއްމުކޮށްފައިވާ ޖާނަލްގައި ބުނެފައިވާގޮތުން، ދެތިން މީހަކު އެއްވެގެން ނުވަތަ އެއަށްވުރެވެސް ގިނަ މީހުންގެ ގުރޫޕަކުން އެކުގައި، ކަސްރަތުކޮށް، އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުމަކީ މާ ފައިދާ ހުރި ގޮތެކެވެ. އަދި، މިކަމުގެ ސަބަބުން އިތުރު އެތައް ޞިއްޙީ ފައިދާއެއް ލިބޭކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ބައެއް ބާވަތްތަކުގެ ކަސްރަތަކީ، އޭގެން އެތައް ގިނަގުނަ ފައިދާތަކެއް ލިބޭ ކަސްރަތުތަކެއްކަމަށްވެސް އެޖާނަލްގައި ބުނެފައިވެއެވެ. އެގޮތުން، ބޫޓް ކޭމްޕްތަކަކީ ވަރަށް ފައިދާހުރި އަދި ނަތީޖާ ފެންނަ ހަރަކާތެއްކަމަށްވެސް ބުނެފައެވެ. އަދި، މޫދު ކަސްރަތު ނުވަތަ ފެނުގައި ކުރާ ކަސްރަތަކީވެސް ރަނގަޅު ބާވަތެއްކަމަށްވެސް ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside