logoEN
ޕީއެންސީ 2
އާލިއާ އާއި ރަންބީރުގެ ބޭބީ ޝަވަރގެ ފޮޓޯތައް ދައްކާލައިފި

އާލިއާ އާއި ރަންބީރުގެ ބޭބީ ޝަވަރގެ ފޮޓޯތައް ދައްކާލައިފި

އަލްފާ އަލީ

logo

10/6/2022, 3:57:24 PM

# ހޮޅުއަށި# ބޮލީވުޑް

Screenshot 2022-10-06 at 15.57.03

އާލިއާ ބަޓް އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ބޭބީ ޝަވަރގެ ފޮޓޯތައް ދައްކާލައިފިއެވެ.

ޝަރީ 2024

އާލިއާ މި ފޮޓޯތައް ހިއްސާކޮށްފައިވަނީ އިންސްޓަގްރާމުގައެވެ. އޭގެ ތެރެއިން ތިން ފޮޓޯއެއްގައި އާލިއާ ހުންނަނީ ސަނީ ޔެލޯ ކުލައިގެ ހެދުމެއް ލައިގެންނެވެ. ރަންބީރު ހުރީ ޕީޗް އަދި ހުދު ކުލައިގެ ހެދުމެއް ލައިގެންނެވެ. އިތުރު ތިން ފޮޓޯއެއް އާއިލާ އާއި ރަހުމަތްތެރިންނާއެކު ނަގާފައިވާއިރު ރަންބީރުގެ ބައްޕަ، ކަޕޫރާއި އާލިއާގެ ބައްޕަ، ބަޓްގެ އެއް ފޮޓޯ ހިމެނެއެވެ. އާލިއާ ދޫކޮށްލި ތިން ވަނަ ފޮޓޯގައި ހިމަނާފައިވަނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. އޭގެ ތެރޭގައި އަކަންޝާ ރަންޖަން ކަޕޫރު ވެސް ހިމެނެ އެވެ.

ބަޓް އާއިލީ ފޮޓޯއިން ފެންނަނީ އާލިއާގެ މަންމަ ސޮނީ ރަޒްދާން، ބައްޕަ، މަހޭޝް ބަޓް، އެއްބަނޑު އެއްބަފާ ދެކޮއްކޮ ޝާހީން އަދި ޕޫޖާ ގެ އިތުރުން ބޮޑުދައިތަ، ޓީނާ އާއެކު ޕޯޒް ކުރާ މަންޒަރެވެ.

View this post on Instagram

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ އޭނާގެ ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވަނީ "ޖަސްޓް... ލަވް (ހަމަ ލޯބި)،" އެވެ. ބުދަ ދުވަހު އާލިއާ އާއި ރަންބީރުގެ ގޭގައި ބޭބީ ޝަވަރ ބާއްވާފައިވަނީ މުމްބާއީ އެޕާޓްމަންޓް ބްލޮކް ވަސްތޫގައެވެ. ބޭބީ ޝަވަރގެ މެހެމާނުންގެ ތެރޭގައި ކަރަން ޖޯހަރު އާއި އާޔަން މުކަރްޖީ ވެސް ހިމެނެ އެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ޑޭޓް ކުރަން ފަށާފައިވަނީ މިދިޔަ މަހު ރިލީޒްކުރި "ބްރަހްމަޝްތުރާ" ގައި ކާސްޓު ކުރުމަށް ފަހު 2017 ވަނަ އަހަރު އެވެ. އަދި ކައިވެނި ކުރީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ