
--
އިމްރާން ހާޝިމީ ފެނުގެންދާނެ ނެޓްފްލިކްސް ސީރީސްއެއްގެ ޝޫޓީން ފަށައިފި އެވެ.

ބޮލީވުޑުގެ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދޭ ފިލްމްފެއާއިން މިއަދު ބުނީ އިމްރާން ހާޝްމީ އާއި ނީރަޖް ޕާންޑޭގެ މި އާ އޯޓީޓީ ޕްރޮޖެކްޓްގައި ފެނިގެންދާނީ ބަތަލާ ޒޯޔާ އަފްރޯޒް އެވެ. އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ނެޓްފްލިކްސްގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ޝޫޓިން މި ތިން ތަރިން މިހާރު ވަނީ ފަށައިފަ އެވެ.
މި އާ ސީރީޒަކީ ޒޯޔާ އާއި ނީރަޖް ޕާންޑޭ އެކުގައި މަސައްކަތްކުރާނެ ދެވަނަ ސީރީޒް އެވެ. މި ދެ ތަރިން ވަނީ ދާދި ފަހުން ސިކަންދަރު ކާ މުއްކަދާރުގައި އެކުގައި މަސައްކަތްކޮށްފަ އެވެ.
މި ސީރީޒް އަންނާނެ ކަމަށް ފިލްމްފެއާއިން ބުނަނީ ނެޓްފްލިކްސްއަށެވެ. މި ޕްރޮޖެކްޓުގެ ނަން އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު މި ސީރީސް އަކީ ތްރިލާ ޖޮންރާއެއްގެ ސީރީސްއެކެވެ. ނީރާޖް ޕާންޑޭއަކީ ތްރިލާ ޖޮންރާގެ ސީރީސްތައް އުފެއްދުމުގައި އިންޑިއާގައި މަގްބޫލު ޑައިރެކްޓަރެކެވެ.
މި ސީރީސް ނެޓްފްލިކްއަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައި އެވެ.