logoEN
cocacola
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަތައް ޕީޖީއާއެކު މަޝްވަރާކުރަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަތައް ޕީޖީއާއެކު މަޝްވަރާކުރަނީ

އަލްފާ އަލީ

logo

10/6/2022, 12:08:55 PM

# އޭސީސީ# އެމްއެމްޕީއާރުސީ

ACC

އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ހިމެނޭ އިތުރު 5 މައްސަލައެއް ދައުވާކުރުމަށް ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހާއެކު މަޝްވަރާކުރަން ފަށާފައިވާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

ގޮސިޔާ

އޭސީސީން ވިދާޅުވީ، ދައުވާކުރުމަށް ނިންމި ފަސް މައްސަލާގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައްވެސް ހިމެނޭކަމަށެވެ. ނަމަވެސް އެ މައްސަލަތަކާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. އޭސީސީން ބުނީ ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، މި މައްސަލަތަކާގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވާއިރު އެރަށްތަކުން ދައުލަތަށް 3.4 ބިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެއެވެ. އޭސީސީން މަސައްކަތް ކުރަމުންދަނީ ގެއްލިފައިވާ ނުވަތަ ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ