logoEN
cocacola
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އާ ގުޅުންހުރި ތަންތަން ބަަލައި ފާސްކުރަނީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އާ ގުޅުންހުރި ތަންތަން ބަަލައި ފާސްކުރަނީ

# ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް# އޭސީސީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އޭސީސީން ފަށައިފިއެވެ.

ގޮސިޔާ

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އޭސީސީން ވިދާޅުވީ, ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން, އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަންގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުންބަލާ ފާސްކުރަމުންދާ ކަމަށެވެ.

އޭސީސީން މީގެ ކުރިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މަޑުޖައްސާލަން އަންގާފައެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ހުކުރު ދުވަހުގެރޭ ބާއްވަން ތާވަލުކޮށްފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މި ވަގުތު ނުބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް އެންގެވި އެވެ. ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށް ބެލުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިހާބުގެ ކަންކަން ކުރަމުން ދަނިކޮށް، އޭސީސީގެ ޓީމެއް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ވަދެފަ އެވެ.

އޭސީސީން ގާފު ނޫހަށް މައުލޫމާތު ދެއްވިގޮތުގައި އެކޮމިޝަނުން ވަނީ ބުދަ ދުވަހު ލިޔުމުން ބެޑްމިންޓަން އެސޯސިއޭޝަން އަށް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އެގޮތަށް އަންގާފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށާއި ވަކި އެއްޗެއް އަންގަންދެން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ މައުލޫމާތުދީފައެވެ.

ބީއޭއެމްގެ އިސް ވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެގޮތުން އެސޯސިއޭޝަނަށް ސްޕޮންސަރުން އަތުން ލިބޭ އެހީ އާއި އާމްދަނީއާއި ހަރަދުތަކުގެ ތަފްސީލް ރަނގަޅައް ބަލަހައްޓާފައި ނެތުމާއި އެސޯސިއޭޝަނުގެ ބަޖެޓުން ކުރަން ނުޖެހޭ ހަރަދު ތަކެއް ކޮށްފައިވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ފިހާރައިން ބެޑްމިންޓަން އެސޯސިއޭޝަން އަށް ބޯޅަ ގަތުމާއި އެ އެސޯސިއޭޝަންގެ ވެރިންގެ އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އެސޯސިއޭޝަންގެ މުވައްޒަފުން ބޭތިއްބުން ކަހަލަ ކޮރަޕްޝަންގެ އެތައް މައްސަލަ ތަކެއްވެސް ވަނީ މީގެ ކުރިން ފެންމަތި ވެފައެވެ.

އިތުރު ތަފްސީލު އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ