logoEN
cocacola
ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އެޕްލިކޭޝަން "ކާތިބު" އިފުތިތާހުކޮށްފި

ދިވެހި އަޑު ދިވެހިއަކުރަށް ބަދަލުކުރާ އެޕްލިކޭޝަން "ކާތިބު" އިފުތިތާހުކޮށްފި

އަލްފާ އަލީ

logo

4/26/2024, 11:31:20 AM

# އޭސީސީ

--

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން 'ކާތިބު' އިފްތިތާހުކޮށްފިއެވެ.

ގޮސިޔާ

"ކާތިބު" އެޕްލިކޭޝަން އިފުތިތާހުކުރީ، 18 އޭޕްރީލް 2024 ވީ ބުރާސްފަތި ދުވަހުގައި މިކަމަށްޓަކައި އޭސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔަރޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.

"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތއް ކަމަށް އެކޮމިޝަނުން ބުނެއެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ހޯދޭނެ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި 4 ވަރަކަށް މަހުގައި ކޮމިޝަނުގައި ބޭނުންކޮށްފައިވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަކުން ކުޑަކުރެވިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި، ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތުވެސް ބޮޑުތަކުން ކުޑަކުރެވޭނެއެވެ.

މި އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނިން (އޮކްސިގާއިން) މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗަރތައް، މި އެޕްލިކޭޝަނަށް، ވަރަށް އަވަހަށް، އިތުރުކުރެވިގެން ދާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ