
އޭސީސީގެ ރައީސް އާދަމް ޝާމިލް --
އޭޕްރިލް މަހު 21ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް 10 ޝަކުވާއެއް ހުށަހަޅާފައިވާ އިރު، ރަޖިސްޓްރީކޮށްގެން އޭސީސީން ބަލަމުން އަންނަނީ 8 މައްސަލައެވެ. ބާކީ އޮތް ދެ މައްސަލައާ މެދުގައި އޭސީސީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުން ހިމެނެއެވެ.
ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާ މަޖިލިސް އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ.
ގުޅުންހުރި

ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނަ - ޝާމިލް

ރާއްޖެ ސާބިތުވެއޮތީ ދެފުށްފެންނަ ނިޒާމަކަށް އަހަންމިއްޔަތުކަންދޭ ޤައުމެއްގެ ގޮތުގަ: ރައީސް

ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުޢާޛު ރިޝްވަތަށް އެދުނު މައްސަލަ ޕީޖީ އޮފީހަށް!





