logoEN
cocacola
ތަރައްޤީ ފަހަތަށް ޖައްސާލި "މިނިކާ ބާޒު" ތަކާމެދު ޕީޕީއެމް މެމްބަރުން ވިސްނަން ޖެހޭނެ - ޑރ. ޝަހީމް

ތަރައްޤީ ފަހަތަށް ޖައްސާލި "މިނިކާ ބާޒު" ތަކާމެދު ޕީޕީއެމް މެމްބަރުން ވިސްނަން ޖެހޭނެ - ޑރ. ޝަހީމް

# ރައީސް ޔާމީން# ޑރ. ޝަހީމް އަލީ ސައީދު# ޕީޕީއެމް

Dr.SHaheem

ތަރައްޤީ ފަހަތަށް ޖައްސާލުމުގައި އަމަލީ ގޮތުން ބައިވެރިވި "މިނިކާ ބާޒު" ތަކާ މެދު ޕީޕީއެމް މެމްބަރުން ވިސްނަން ޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން ގެ ވެރިކަން ފުރޮޅާލައި، އެ މަނިކުފާނާއި ރާއްޖޭގެ ޤައުމީ ތަރައްޤީ ފަހަތަށް ޖައްސާލުމުގައި އަމަލީ ގޮތުން ބައިވެރިވި "މިނިކާ ބާޒު"ތަކާމެދު ޕީޕީއެމްގެ މެންބަރުން ވަރަށް ވިސްނަންޖެހޭނެ ކަމަށެވެ.

"ޔަގީނުންވެސް އަޅުގަނޑުމެން މިތިބީ ހޭލާ، ނުކުޅެވޭނެ" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް "މިނިކާ ބާޒު" ބަސް ބޭނުންކޮށްފައިވަނީ ރައީސް ޔާމީން ވިދާޅުވި ބަސްފުޅަކާއި ގުޅިގެންނެވެ. ރައީސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ ޕީޕީއެމް/ޕީއެންސީއާ ހަވާލުވުމަށް، އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވާނެ އިރެއްގެ އިންތިޒާރުގައި ބަޔަކު ތިބިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ސީދާ ކޮންބައެއް ކަމެއް ބުނެފައެއް ނުވެއެވެ.

''އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެންގެ ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ.'' ރައީސް ޔާމީން

ޑރ. ޝަހީމް އަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގމޭޓެއްގޮތުގައި ވާދަކުރެއްވި، ރައީސް ޔާމީން އާ ވަރަށް އަރިސް ބޭފުޅެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ