logoEN
cocacola
ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ!

ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ!

އަލްފާ އަލީ

logo

4/8/2024, 11:17:19 AM

# ރައީސް ޔާމީން# ޕީއެންއެފް

--

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ މާދަމާރޭ ބޭއްވުމަށް ނިންމައިފި އެވެ.

ގޮސިޔާ

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ފުރަތަމަ ތާވަލުކުރިނަމަވެސް ސަރުކާރުގެ އިދާރާތަކުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެ ޖަލްސާ ފަސްކޮށްފައިވާ ކަަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މަލީހު މިއަދު ވިދާޅުވީ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އޮންނާނީ މާދަމާ 2024 ގެ ރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލުގައި ކަމަށެވެ.

މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަލީހު ވިދާޅުވި އެވެ. ނަމަވެސް މިވަގުތު ޖަލުހުމެއް ތަންފީޒުކުރަމުން އަންނަ ރައީސް ޔާމީން އަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ހުއްދައެއް ކަރެކްޝަންސް އިން ދީފައެއް ނުވެއެވެ.

ވ. އާ ރަށުގެ މުއާމަލާތުގެ މައްސަލައިގައި ކޮރަޕްޝަން އަދި ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ 11 އަހަރުގެޖަލުހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދީ މިހާރު އެ ހުކުމް ތަންފީޒު ކުރައްވަމުން އަންނަނީ ރަށު ބަންދުގައި ހުރެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ