logoEN
cocacola
މާދަމާ ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން - ރައީސް

މާދަމާ ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން - ރައީސް

އަހުމަދު ޝުރާއު

logo

4/17/2024, 4:54:39 PM

# ރައީސް މުއިއްޒު# ރައީސް ޔާމީން

ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްުދުالله ޔާމީން އަބްދުލް ގައްޔޫމް މާދަމާ މިނިވަން ވާނެ ކަަމަށް އުއްމީދު ކުރައްްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ ގައްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރައްވާ މުހައްމަދު އަލީގެ ކެމްޕެއިނު އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މާދަމާ ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުމަށް ތާވަލުކުރީތީ ވަރަށް އުފާކުރާ ކަމަށާއި މާދަމާ ޔާމީން މިނިވަން ވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

އިސްތިއުނާފުގެ މައްސަލަ ދިގުލައިގެން ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިންމުމަށް އެމަނިކުފާނު ވެސް ގޮވާލައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން އެންމެ ފުރަތަމަ ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށެވެ. އެހެންވެ ޖެހިގެން އައި ދުވަހު އެކަން އޭރުގެ ސަރުކާރުން ކޮށްދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަން ކުރުމަކީ މީގެ ކުރިން ވެރިކަން ކުރި މީހުން ހައްޔަރުކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ގައުމު ހިންގުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ އެ ބަދަލު ހިފުމުގެ ރޫހަށް ނިމުމެއް ގެންނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޖޭއެސްސީގެ ކޮންޓްރޯލް އޮތީ އެމްޑީޕީގައި ކަން ނުސީދާކޮށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލީހުގެ ރައީސް ވަނީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެމައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށަހަޅާފައި ކަމަށެވެ. އެ ވާހަކަ ވިދާޅުވިތާ ދެތިން ދުވަސްތެރޭ މިހާރު ރައީސް ޔާމީންގެ މައްސަލަ އެވަނީ މާދަމާ އަށް ތާވަލް ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއޮއްހާ ދުވަހު އެ މައްސަލަ ހިފެހެއްޓީ އެމްޑީޕީން ކަމަށާއި އަދި އެމްޑީޕީން ބޭނުންވީމާ މިހާރު އެ ކަން އެބަ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އެ ހުކުމް މިދިޔަ އަހަރުގެ ކުރީކޮޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި މިހާތަނަށް އައިއިރު، ހުކުމް އިއްވާފައެއް ނުވެއެވެ. ނަމަވެސް މިއަދު ވަނީ އެމައްސަލައިގައި ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ