logoEN
cocacola
ޔާމީނުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

ޔާމީނުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

އަހުމަދު ޝުރާއު

logo

4/17/2024, 4:23:32 PM

# ރައީސް ޔާމީން

ރައީސް ޔާމީން

ކުރިޔަށް އޮތް ރައްޔިތުންެގެ މަޖިލީހުގެ އިންތިހާބުބައި ފުވައްމުލަކު އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީންއަށް ތާއީދުކުރަން އިދިކޮޅު މައި ޕާޓީ, އެމްޑީޕީއިން ނިންމައިފި އެވެ.

ގޮސިޔާ

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ.

ގިނަ ދުވަސްތަކަކަށްފަހު މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.

މި މައްސަލަ ބެއްލެވީ ހައި ކޯޓުގެ ތިން ފަޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމާއި ހިސާބުގައި މައްސަލަ މަޑުޖެހިފައިވާތީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މައްސަލަ ލަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުން ވަނީ ފާޅުގައި ރައީސް މުއިއްޒުއާއި ދެކޮޅަށް އަޑުއުފުލާފައި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށްސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކުރީގެ ސަރުކާރުގެ ފަހު ކޮޅު ވަނީ އެމަނިކުފާނު ރަށު ބަންދަށް ދޫކޮށްލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ