
ހައިކޯޓުން މިއަދު ޔާމީން މިނިވަން ކުރުމާއެކު ވަނީ މަޖިލިސް ކެމްޕޭންގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ| އަދަދު
ކުރީގެ ރައީސް އަބްދުالله ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި 11 އަަހަރުގެ ޖަލުހުކުމް, މިއަދު ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އެއާއެކު ރައީސް ޔާމީން ވަނީ މިއަދު މިނިވަންވެވަޑައިގެންފައެވެ.
ޖަލު ހުކުމް މިރޭ ހައިކޯޓުން ބާތިލު ކުރުމާއި އެކީ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މާދަމާ ހަވީރުގެ ވަގުތެއްގައި ކެމްޕޭނަށް ރާއްޖޭގެ ބޮޑު އަތޮޅަކަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އަތޮޅެއް ކަމެއް ޔާމީން ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން މާދަމާ ވަޑައިގަންނަވާނެ ރަށެއް ހާމަކޮށްފައިނުވި ނަމަވެސް, ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ މުހައްމަދު މަލީހް ޖަމާލް ވަނީ އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް