logoEN
cocacola
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކުރީ އިންޑިއާއިން އަންގައިގެން- އިދިކޮޅު

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކުރީ އިންޑިއާއިން އަންގައިގެން- އިދިކޮޅު

އައިޝަތު އިފާޝާ

logo

10/4/2022, 7:00:45 AM

# ޔޯގާ ހަރަކާތް# އިދިކޮޅު ޕީޕީއެމް/ޕީއެންސީ

4FA42DF6-6BC7-404B-B822-87EECCA33106

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.

ގޮސިޔާ

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށާއި އަދި އެ މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި ނަމަވެސް، އެގޮތަށް އަމަލުކުރައްވާފައި ނުވާ ކަމަށެވެ.

"ޖޫން 21 ވަނަ ދުވަހުގެ ހަމަނުޖެހުމަކީ އިންޑިއާ ސަރުކާރުން ލަފާދީފައިވާ ގޮތަށް އިންޑިއާގެ އަސްކަރިއްޔާ އަށް މި ގައުމުގައި ގާއިމުވެ ތިބުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށް ބެލެވޭ އެތައް ކަމެއް އެ ދުވަހު ހިނގާފައިވޭ،" އިދިކޮޅު ކޯލޮޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އެބަޔާނުވައިވަނީ ޔޯގާ ހަމަނުޖެހުމުގައި ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަކީ އެއްގޮތަކަށް ވެސް އެކޯލިޝަނުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.

އިންޑިއާގެ ޕްރޮޖެކްޓުތައް އަވަސްކުރުމަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ވަޑައިގެން އުޅުއްވާ މި ދުވަސްވަރާ ދިމާކޮށް އެފަދަ ދައުވާއެއް ކުރަން ފޮނުވުމަކީ އިއްތިފާގެއް ކަމަށް ނުދެކޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި އިންޑިއާ ރުއްސުމަށް އިންޑިއާއިން އަންގާ ގޮތަށް ސަރުކާރުން ކުރާ ކަންކަމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަމަށް ވާއިރު، އިންޑިއާގެ އެމްބަސީންނާއި އިންޑިއާ ސަރުކާރުން އަންގާ ގޮތަށް ދިވެހި ރައްޔިތުން ނިކަމެތި ނުކުރުމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ގޮވާލައްވާފައިވެއެވެ.

ދައުވާ އުފުލި މީހުންގެ ތެރޭގައި އެ ކޯލިޝަންގެ ހަރަކާތް ކޮމެޓީގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިފައި ވިޔަސް، އޭނާ އެ ދުވަހު ގަލޮޅު ދަނޑަށް ވަދެފައި ނުވާ ކަމަށާއި އޭނާ އަކީ އެ ހަމަނުޖެހުން ހިނގިއިރު އެތަނުގައި ހުރި މީހެއް ނޫން ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެ އަކީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ތަނެއް ކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އެބަޔާނުގައި ވަނީ ތުހުމަތު ކޮށްފައެވެ.

މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުލަތުން މިއަދު ޓެރިޒަމްގެ ދައުވާ އުފުލި އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރުދިނުމުގެ ދައުވާ އެވެ.

މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއެއް އިތުރު ހަ މީހެއްގެ މައްޗަށް ކުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ