logoEN
Sto top
ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ހުވަދު އަތޮޅަށްވެސް ގެންނަން މަސައްކަތް އެބަކުރަން - ރައީސް

ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ހުވަދު އަތޮޅަށްވެސް ގެންނަން މަސައްކަތް އެބަކުރަން - ރައީސް

# ފަތުރުވެރިކަމުގެ ރަން އަހަރު# އިބްރާހިމް މުޙައްމަދު ސޯލިހު

252941_fd39e98b-3_

ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ހުވަދު އަތޮޅަށްވެސް ގެންނަން މަސައްކަތް ކުރަމުންގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިހެންވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި. އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާނެ ހަމަ އެއްވެސް ރަށެއް ނޯންނާނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ދަތުރުފަތުރުގެ ފަސޭގަ ނިޒާމެއް ޤާއިމުކުރެވިގެންދިޔުން ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުންކަމަށެވެ. އަދި ހަނިމާދޫ އެއަރޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އައްޑޫ ގަން އެއަރޕޯޓުގެ ފެންވަރު ރަނގަޅުކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ހުވަދުއަތޮޅަށްވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުންކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހުވަދުއަތޮޅުގައި ދަތުރުފަތުރުގެ ނިޒާމް އިތުރަށްް ތަރައްގީކުރުމުގެ ގޮތުން އަތޮޅުގައި މިހާރުވެސްް 3 އެއާޕޯޓު ހިންގައެވެ. އަދި އޭގެ އިތުރުން ގދ ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކޮށްދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside