
އެމްޑީޕީ ކުރިއަށްދާނީ މާޒީން ޢިބުރަތް ހާސިލްކޮށްގެން - ރައީސް ޞާލިޙް
# އެމްޑީޕީ# އިބްރާހިމް މުޙައްމަދު ސޯލިހުކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު
އެމްޑީޕީ އަބަދުވެސް ކުރިއަށް ދާނީ މާޒީން އިބުރަތް ހާސިލުކޮށްގެން, މުސްތަޤްބަލަށް ބަލައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރޭ މާފަންނުގައި ބޭއްވި އެޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
"މިއީ ކުރާ ދިގުދަތުރެއް. މިދަތުރުގައި ފުރަތަމަ ފިޔަވަޅަކަށް މިމަސައްކަތް(އެމްޑީޕީއަށް ވޯޓު ދިނުން) ކުރައްވަމާ ހިންގަވާ. އަޅުގަނޑުމެން އަބަދުވެސް ބަލަންވާނީ މުސްތަޤުބަލަށް. މާޒީގައި ހިންގާފައި ހުރިކަންކަން ރިފަރެންސަކަށް ބަލައިގެން ކުރިއަށް ވަޑައިގަތީމަ ރަނގަޅު ވާނެ. " ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން 89 ދާއިރާއަށް ވާދަކުރެއެވެ. އެޕާޓީން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އިންތިޚާބަށް ކެމްޕެއިންގެ ހަރަކާތްތައް ހިންގަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.
ގުޅުންހުރި

އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިންގުން އިޞްލާޙުކުރާ މަގުޗާޓު އެކުލަވާލުމަށް 10 މެންބަރުންގެ ކޮމިޓީއެއް: މުގައްރަަރަކީ ފައްޔާޒު!

ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި




