logoEN
Sto top
ކުރީގެ ވަޒީރުން އޭސީސީއަށް ހާޒިރުކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް - ސޯލިހް

ކުރީގެ ވަޒީރުން އޭސީސީއަށް ހާޒިރުކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް - ސޯލިހް

އަހުމަދު ޝުރާއު

logo

10/10/2025, 8:24:44 AM

# އިބްރާހިމް މުޙައްމަދު ސޯލިހު

-

ކުރީ ސަރުކާރުގެ ތިން ވަޒީރަކު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުކުރަނީ ސިޔާސީ އިދިކޮޅު ފަރާތްތައް ފަހަރަށް ޖެއްސުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ސޯލިހް މިފަދައިން ވިދާޅުވެފައިމިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާަޒު އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އެންގުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ސޯލިހް ވިދާޅުވީ ކުރީގެ ތިން ވަޒީރަކު އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައިކަމަށެވެ.

އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަންކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް އިތުރަށް ވިދާޅުވީ މާޒީގައި މިކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް އެނގޭ ކަމަަށާއި އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުމްތަކުން މުޅި ޤައުމު ކިލަނބުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރާކަމަށްވެސް ސޯލިހްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC