logoEN
cocacola
މިނިސްޓަރ ޝައުނާގެ ޑައިވިން: 270 މީޓަރު އަޑިން ފެނުނު މަންޒަރުތަކުން ހައިރާންވެފައި

މިނިސްޓަރ ޝައުނާގެ ޑައިވިން: 270 މީޓަރު އަޑިން ފެނުނު މަންޒަރުތަކުން ހައިރާންވެފައި

އައިޝަތު އިފާޝާ

logo

10/3/2022, 9:36:09 AM

# މިނިސްޓަރ ޝައުނާ# ނެކްޓަން މޯލްޑިވްސް މިޝަން

New Project (58)

އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ އިއްޔެ ހެނދުނު އޮމެގާ ސީމާސްޓާ 2 މަބްމާސިބަލްގައި 250 މީޓަރު އަޑިއަށް ކުރެއްވި ޑައިވިންގ އިން ފެނުނު މަންޒަރުތަކުން ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ކަނޑުގެ 250 އަދި 270 މީޓަރު އަޑިން ސާމްޕަލްތަކެއް ނަގަން އިއްޔެ ކުރި އެ ދަތުރުގައި މިނިސްޓަރު ޝައުނާ ބައިވެރިވެވަޑައިގެންނެވީ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާކުރާ އިނގިރޭސިވިލާތުގެ "ނެކްޓަން" އިން ދެއްވި ދައުވަތަކަށެވެ. މިނިސްޓަރާ އެކު އެ ދަތުރުގައި ބައިވެރިވީ ރާއްޖޭގެ މެރިން ބަޔޮލޮޖިސްޓް ހަނާ އާމިރު އާއި ސަބްމާސިބަލް ޕައިލެޓް ބެރީ މެކްގޮވަން އެވެ.

އެގޮތުން މާލެއަތޮޅު ތުމްބަފުށީގެ ބޭރުން ކަނޑުއަޑިއަށް ކުރެއްވި ޑައިވިންގެ އެންމެ ފުރަތަމަ 200 މީޓަރަށް ދެވެންދެން އެއުޅަނދުގެ އެއްވެސް ބޮތްކެއް ދިއްލާފައިނުވެއެވެ. އެއުޅަނދުގެ ބޮކިތައް 270 މީޓަރު ފުނަށް ދިޔަ ފަހުން ދިއްލުމުން އެއަލިކަމާއެކު ފެނުނު މަންޒަރުތަކުން އެކަމަނާއަށް ބޮޑު ހައިރާން ކަމެއް ވަނީ ލިބިފައެވެ.

undefined

އެގޮތުން ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ދިރުންތަކުގެ އިތުރުން އެކަމަނާ އެންމެ ބޮޑަށް ހައިރާން ކުރުވީ ކަނޑުއަޑީގެ 270 މީޓަރުން ފެނުނު ނެސްލޭ ބްރޭންޑްގެ ކޮފީ ދަޅެއް ފެނިފައެވެ. ޑައިވްކޮށް ނިންމުމަށްފަހު އެކަމަނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކުރައްވަމުން އެކަމަނާ ވަނީ، އެކަމަކީ ކަނޑުތައް ތަޣައްޔަރުވެ ކަނޑުގެ މާހައުލު ހަލާކުވަމުންދާ ގޮތް ހަނދާން ކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

View post on Twitter

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމަށް އެންމެ މުހިންމީ ކަނޑުގެ ވަސީލަތްތައް ކަމަށް ވާތީ، މި ކަނޑުގެ މާހައުލު އޭގެ ގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އަދި މި ދިރާސާ އަކީ އެ މަސައްކަތުގައި، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ވަރަށް ބޮޑު އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ