
ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، ތެލަށް ބަރޯސާވުން ކުޑަކުރަންޖެހޭ - ޝައުނާ
# މިނިސްޓަރ ޝައުނާ# ފެނަކަ ކޯޕަރޭޝަން ލިމިޓެޑްviber_image_2022-09-07_20-04-15-020
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރ.އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާ ކަމަށާއި އެގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ޤުދުރަތީ ވަސީލަތްތައް ހޯދައި، އެވަސީލަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މިއަމާޒަށް ވާޞިލުވުމަށްޓަކައި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެސިޔާސަތުތައް ޙާޞިލުކުރުމަށްޓަކައި ވަނީ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި. މިގޮތުން 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ އިންސައްތައަށް ވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ނިންމާފައި." ޝައުނާ ވިދާޅުވި އެވެ.
ޝައުނާ އިތުރަށް ވިދާޅުވީ، މަސައްކަތްކުރަމުން ދަނީ ރާއްޖެ އަކީ 2030 ގެ ނިޔަލަށް ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަމަށާއި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 20 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމުކުރެވިފައިވާ ކަމަށާއި މިހާރުވެސް 11 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތެލަށް ބަރޯސާވުން ކުޑަކުރުމުގައި އަމިއްލަ ފަރުދުންގެ ޙިއްސާ ބޮޑުކުރުމަށާއި އަމިއްލަފަރުދުންގެ ކަރަންޓުބިލް ކުޑަކުރުމަށް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ޚިދުމަތް ހޯދޭނެގޮތް ވެސް ފަހިކޮށްދީފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ގުޅުންހުރި

ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ

ތިނަދުއަށް ފެން ޕްލާންޓު ހޯދީ އެންމެ އަވަސްވާނެ ގޮތަށް އުސޫލުތަކުގެ ތެރެއިން: ފެނަކަ

ރަށްރަށުގެ މަގު ބައްތި ރައްކާތެރި މިންގަނޑާ އެތްގޮތްކުރުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއް ހޯދަނީ
