logoEN
cocacola
ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގެ ޓީމް ހުވަދު އަތޮޅުގައި!

ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގެ ޓީމް ހުވަދު އަތޮޅުގައި!

އަހުމަދު ޝުރާއު

logo

9/17/2022, 3:16:33 PM

# ނެކްޓަން މޯލްޑިވްސް މިޝަން

qwrr

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ނެކްޓަން މޯލްޑިވްސް މިޝަން" ގެ ޓީމު މިހާރު ދިރާސާތަށް ކުރަމުން ގެންދަނީ ހުވަދު އަތޮޅުގައި އެވެ.

ގޮސިޔާ

"ނެކްޓަން" ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ނެކްޓަން މިޝަން"ގެ މަސައްކަތްތައް ކުރިއަށް ގެންދާ މަނަވަރު "އޮޑެސީ" ހުވަދު އަތޮޅަށް އައިސް ދިރާސާގެ މަސައްކަތްތަށް ފެށީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެޓީމުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ހުވަދު އަތޮޅުގައި އެޓީމުން ސަބް ޑައިވެއް ފުރަތަމަ ކުރީ 15 ދުވަހު އެވެ. އެގޮތުން އެ ޓީމުގައި ބަައިވެރިވީވެސް ދިވެހިންގެ ޓީމެކެވެ. އެޓީމުގައި ބައިވެރިވީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި މުހައްމަދު ޝިމާލް އެވެ.

ގއ އަތޮޅުގައި މިވަގުތު ތިބި މި ޓީމުން ހުވަދު އަތޮޅުގެ ކަނޑުގެ އެންމެ އަޑި ބެލުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މިޝަންގައި ކަނޑުގެ އެންމެ އަޑި ބަލާނެ ތިން ލޮކޭޝަންގެ ތެރޭގައި ހުވަދު އަތޮޅު ހިމެނެއެވެ. މިޝަން ރާއްޖޭގެ އެންމެ ބޮޑު އެއްކަނޑު ކަމަށްވާ ހުވަދޫ ކަނޑުގެ ދިރާސާވެސް ކުރާނެ އެވެ.

View post on Twitter

މަހު 2 ގައި ފެށި އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާނެ އެވެ. އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ހުވަދު އަތޮޅުގެ އިތުރުން ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު އެ ދިރާސާގައި ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އައި 24 މީހަކާ އެކު 40 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެ އެވެ.

އެ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ